ކުޅިވަރު

ނޭމާ މަންމަގެ ލޯބިވެރިއަކީ ނޭމާއަށް ވުރެ 6 އަހަރު ހަގު މީހެއް، ނޭމާ ވަރަށް ޤަބޫލު

ދެން އެމްވީ

ދުނިޔޭގެ ރެކޯޑްފީއަކަށް ސުޕޭންގެ ބާސެލޯނާއިން ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ބުރެޒިލްގެ ތަރި، ނޭމާ ސިލްވާ ސަންޓޯސް އަކީ ހުނަރުވެރި މޮޅު ފުޓްބޯޅަ ކުޅުންތެރިއެކެވެ. މިއީ ދުނިޔޭގެ އެތައް މިލިއަން މީހުންނެއް ތާއީދު ކުރާ ނޭމާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކައެކެވެ.

ނޭމާގެ މަންމައާއި ބައްޕަގެ 25 އަހަރުވީ ކައިވެނީގެ ހަޔާތް ނިންމާލީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން ނޭމާގެ 52 އަހަރުގެ މަންމަ ނަޑިން މިވަނީ އޭނާއަށްވުރެ 30 އަހަރު ހަގު ލޯބިވެރިއަކު ހޯދާފައެވެ. ނަޑިންއާއެކު ޑޭޓް ކުރަމުންދާ 22 އަހަރުގެ ތިއާގޯ ރާމޯސްއަކީ ނޭމާގެ ސަޕޯޓަރެއްވެސް މެއެވެ.

ނޭމާގެ މަންމައާއި ރައްޓެހިވުމުގެ މާކުރިން ވެސް އޭނާއަށް ސަޕޯޓްކުރާ ރާމޯސް ވަނީ މީގެ ކުރިން މެސެޖުގެ ޒަރީއާއިން ވެސް ނޭމާއާއި ވާހަކަ ދައްކާފައެވެ. އެގޮތުން ނޭމާއަކީ ތަފާތު މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނަގެ ސަޕޯޓަރަކަށްވުމުން ލިބޭ އުފާ ބަޔާން ކޮށްދޭން ނޭނގޭ ކަމަށް ވެސް ރާމޯސް ، ނޭމާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ. އަދި ކޮންމެވެސް ދުވަހަކުން ނޭމާއާއި ބައްދަލުވާނެ ކަން އެނގޭ ކަމަށް ވެސް ނޭމާގެ މިއަހަރުގެ އުފަންދުވަހުގެ ޕާޓީގައި ވެސް ބައިވެރިވި ރާމޯސް ފޮނުވި އެހެން މެސެޖެއްގައިވެއެވެ.

ޒުވާން ރާމޯސް ދެއްކި ވާހަކަތައް މިއަދު މިވަނީ ތެދުވެފައެވެ. މިއަދު އޭނާ ތައްޔާރުވަމުން އެދަނީ ނޭމާގެ ބައްޕައަކަށް ވުމަށެވެ. އަދި ދޮންދަރިފުޅުގެ ސަޕޯޓަރަކަށްވުމުން އަދި މިހާރު މާއުފާ ވާނެތާއެވެ.

ނޭމާގެ މަންމަގެ ޒުވާން ލޯބިވެރިޔާއާއި ނޭމާ ރުހޭކަން ވެސް މިހާރު އާންމުންނަށް ވަނީ ހާމަވެފައެވެ. އެގޮތުން ލޯބިވެރިޔާއާއެކު މަންމަ އިންސްޓަގްރާމަށް ދޫކޮށްލި ފޮޓޯއަށް ނޭމާ ކޮމެންޓްކޮށްލީ ''މަންމަ އުފަލުގައި ހުރޭ'' މި އިބާރާތުންނެވެ. ނޭމާގެ ރުހުން މަންމައާއި ޒުވާން ލޯބިވެރިޔާއަށް އޮތްއިރު ނޭމާގެ އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި އޭނާގެ އަންހެން ކޮއްކޮ މި ގުޅުމަށް ބަހެއް ބުނިކަމެއް ނޭނގެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!