ޚަބަރު

ޑިންގީއެއްގައި އެތެރެކުރަން އުޅުނު ބިލިޔަން ޑޮލަރުގެ މަސްތުވާތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގެންފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބިލ؛ިޔަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފިކަމަށް ޕާކިސްތާނުގެ މީޑިޔާއަކުން ރިޕޯޓްކޮށްފިއެވެ.

Ads by MWSC

ޕާކިސްތާނުގެ ނޫހެއްކަމަށްވާ "ބޮލްނިއުސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިމަސްތުވާތަކެތި އަތުލައިގެންފައި ވަނީ، އެންޑި ނާކޮޓިކްސް އިންޓެލިޖެންސް ވިންގާއި އިންޓަރނޭޝަނަލް ފޯރސެސް އިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިންނެެވެ. މިނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ރާއްޖޭގެ ކަނޑާއި އަރަބި ކަނޑު ގުޅުނު ސަރަޙައްދުން ކަމަށާއި މިސަރަހައްދަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމަށް ބޭނުން ކުރަމުން އަންނަ ކަނޑުގެ ސަރަހައްދެއް ކަމަށެވެ.

ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސެސް އިން އެޤައުމުގެ ނޫސްތަކުގައި ބުނެފައިވާ ގޮތުން މިހާރު އެ އިދާރާއިން އިސްވެ ކުރިޔަށްގެންދާ އޮޕަރޭޝަންގެ ދަށުން މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ވެސް 1.652 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެ 18 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލައިގައި މިހާތަނަށް ޖުމްލަ 9 އުޅަނދެއް ހިފަހައްޓާފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މިއަތު އަތުލައިގަތް މަސްތުވާތަކެތި އަތުލައިގެންފައިވަނީ، އެތަކެތި ހިފައިގެން ޑިންގީއެއްގައި ބަޔަކު ދަތުރުކޮށްފައި ދަނިކޮށެވެ. ސަލާމަތީ ބާރުތަކުން މި މީހުން އަތުލައިގަތް ވަގުތު ނަގާފައިވާ ކުރު ވީޑިއޯއެއް ވެސް މިހާރު އަންނަނީ ދައުރު ވަމުންނެވެ.

 

އެނޫހުން އިތުރަށް ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ ދުނިޔޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އޮޕަރޭޓް ކުރަމުންދާ ނެޓްވޯކަކާ ގުޅުން ހުރި ޑިންގީއެއް ކަމަށާއި މިއީ މިސަރަހައްދުގެ ޤައުމުތަކަށް މަސްތުވާތަކެތި އެތެރެ ކުރުމަށް ބޭނުން ކުރަމުން އަންނަ ރޫޓެއް ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްތުވާކެތި އަތުލައިގެންފައިވާއިރު، އިއްޔެ އައްޑޫގައި ފުލުހުން ވަނީ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ.

Ads by HDC
  1. ރައްޔިތުން

    ނިކަން ދެލި ބަލަ . މީދޯ މި ރާއްޖޭގެ މީހުން ކުއްލިއަކަށް މުއްސަދި ވެގެންނަން މިކުރާ ކަންކަމަކީ