ޚަބަރު

އާންމުންގެ ތެރޭގައި ކޮވިޑް-19 ފެތުރިއްޖެނަމަ ދޭންޖެހޭ މިންވަރަށް އޮކްސިޖަން ހުރިތޯ ބަަލަންޖެހޭ!

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް-19 އާއްމުންގެ ތެރޭގައި ފެތުރިއްޖެނަަމަ، ބަލި ޖެހޭ މީހުންނަށް ފޯރުކޮށްދޭ ވަރަށް އޮކްސިޖަންގެ ކެޕޭސިޓީ ހުރިތޯ ބެލުން އެއީ މުހިއްމު ކަމެއް ކަމަށް އިނިގރޭސިވިލާތުގެ ނޯތު ވެސްޓް އިންގްލެންޑްގައި މަސައްކަތް ކުރައްވާ ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ދިވެހި ޑރ. ޝައްފާނާ ހަމީދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ރާއްޖެ ޓީވީ އަށް ދިން އިންޓަވިއުއެއްގައި ޑރ. ޝައްފާނާ ވިދާޅުވީ ރާއްޖޭގެ އާއްމުން ތެރޭގައި ކޮވިޑް-19 ފެތުރިއްޖެނަމަ ހަލުވިކަމާއި އެކު ބަލި ފެތުރިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

އެހެންކަމުން އެފަދަ ހާލަތެއްގައި ހޮސްޕިޓަލުތަކުގައި އެކަށީގެންވާ ވަރަށް ވެންޓިލޭޓަރާއި، އޮކްސިޖަން ސަޕްލައި ހުރިތޯ ޔަގީންކުރުމަކީ މުހިއްމު ކަމެއް ކަމަށް ޑރ. ވިދާޅުވިއެވެ.

ޑރ. ޝައްފާނާ ވިދާޅުވީ ބަލިޖެހޭ މީހުންނަށް ފޯރުކޮށްދޭ މިންވަރަށް އޮކްސިޖަން ހުރިތޯ އެއީ އޭނާ މަސައްކަތްކުރާ ހޮސްޕިޓަލަށްވެސް ކުރިން ނުބެލުނު ކަމެއް ކަމަށާއި، އެހެން ކަމުން ރާއްޖެއިން އެކަމަށް އިސްކަންދޭން ޖެހޭކަމަށެވެ.

ޝައްފާނާ ވިދާޅުވި ގޮތުގައި، އޭނާ މަސައްކަތް ކުރައްވާ ހޮސްޕިޓަލުގައި ކޮވިޑް-19 ޖެހިގެން އަންނަ ބަލި މީހުންނަށް ފަރުވާދިނުމުގެ ގޮތުން ތައްޔާރިތައް ދެމުން ދިޔައިރު އެންމެ ބޮޑު އިސްކަމެއް ދިނީ އައިސީޔޫ ބޮޑު ކުރުމުގެ މަސައްކަތަށް ކަމަށެވެ.

އަދި މުވައްޒަފުންނަށް ރައްކާތެރި ކަމުގެ ގޮތުން ބޭނުންކުރާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއުޕްމެންޓް (ޕީޕީއީ) ފަސޭހައިން ލިބޭ ގޮތް ހަމަޖެއްސި ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ޑރ. ޝައްފާނާ ވަނީ ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާދިނުމުގައި މަސައްކަތް ކުރަމުން ދަނިކޮށް ކޮވިޑް-19 އަށް ފައްސިވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!