އަލިރަސްގެފާނު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫހު އަބަދުވެސް ދެމިއޮންނާނެ: ރައީސް
ގައުމީ ބަތަލު، އަލިރަސްގެފާނުގެ ހިތްވަތާއި ފަންވަރުގެ ރޫހު ތާއަބަދަށް ރާއްޖޭގައި ދިރިދިރި އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ޝަހީދުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހި ގައުމުގެ ދިފާއުގައި ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރައްވަނިކޮށް އަލިރަސްގެފާނު ޝަހީދުވިތާ މިއަދަށް 482އަހަރު ފުރިފައިވާ ކަމަށެވެ.
ހިޖުރައިން 965ވަނަ އަހަރުގެ ޝައުބާން 1ވަނަ ދުވަހު ދުޝްމިނުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން، އެންމެ ފަހު ނޭވަޔާ ހަމައަށް މި ހިތްވަރުގަދަ ގައުމީ ބަދަތު ދެއްކެވި ހިތްވަރާއި ފަންވަރުގެ ރޫހު ތާއަބަދު މި ގައުމުގައި ދެމި އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ގައުމަށް ޓަކައި ޖިހާދު ކުރައްވައި ޝަހީދުވި ފަހުލަވާނުންނާއި، ގައުމީ ހިދުމަތުގައި ވާޖިބު އަދާކުރަމުން ދަނިކޮށް ޝަހީދުވި ހިތްވަރުގަދަ ކެރޭ ދަރީންގެ ފަނޑުވުމެއް ނެތް ޒިކުރާ ވެސް މިއަދު އަޅުގަނޑުމެން މިއާކުރަނީ ޝުކުރުވެރިކަމާ އެކު،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވެފައި ވަނީ އިރާދަކުރެއްވިއްޔާ އަލިރަސްގެފާނު ފަދަ އަޒުމް ވަރުގަދަ ދަރީން ކޮންމެ ދިވެހި ޖީލެއްގެ މަޖްދާއި ކަރާމަތް ނަގައްޓާނެ ކަމަށެވެ.
އަލިރަސްގެފާނު ޝަހީދުވީ ޕޯޒުގީޒުންގެ އަނދިރިއަނދިރިންގެ ލަސްޝްކަރު މާލެއަށް އަރައިގަތް ވަގުތު، އެމީހުންނާކުރި ހަނގުރާމައިގެ ތެރެއިންނެވެ. މާލޭގެ އުތުރުފަރާތު އަތިރިމަތީގައި ކުރި މި ހަނގުރާމައިގައި، އެމަނިކުފާނު ޝަހީދުވީ އެކަނިމާއެކަނި ޕޯޗުގީޒުންގެ ލަޝްކަރާ ކުރިމަތިލައްވައި، ހަނގުރާމަ ކުރައްވަނިކޮށް ބަޑީގެ ހަމަލާއެއް އަމާޒުވެގެންނެވެ.

