ޚަބަރު

އެއްދުވަސްތެރޭ ހުޅުމާލެ ފަޅުތެރެއިން 20 ޖަމްބޯ ކޮތަޅުގެ ކުނި ނަގައިފި

ދެން އެމްވީ ، ދެން އޮންލައިން

އެއްދުވަސްތެރޭ ހުޅުމާލެ ފަޅުތެރެއިން 20 ޖަމްބޯ ކޮތަޅުގެ ކުނި ނަގައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓު ކޯރޕަރޭޝަނުން(އެޗްޑީސީ)އިން ބުނީ އެއްދުވަސްތެރޭ 20 ޖަމްބޯ ކޮތަޅުގެ ކުނި ހުޅުމާލެ ފަޅުތެރެއިން ނަގާފައިވާ ކަމަށާއި އޭގެތެރޭގައި ގިނަ އަދަދެއްގެ ފްލާސްޓިކް ހިމެނޭ ކަމަށެވެ.

އެޗްޑީސީން ވަނީ އެއްފަހަރާއި ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްތައް ބޭނުންކުރާ މިންވަރު މަދުކޮށް އާއްމު ތަންތަނަށް ކުނި ނޭޅުމަށާއި މޫދަށާއި، ގޮނޑުދޮށަށް އަދި މަގުމައްޗަށްވެސް ކުނި ނޭޅުމަށް އިލްތިމާސްކޮށްފައެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ހުޅުމާލެ ފަޅުތެރޭގައި އެހާ ގިނަ ކުނި އެޅުނީ ގިނަ ދުވަހުން ވީ ކަމެއް ނޫންކަމަށާއި އެއީ ކުއްލިއަކަށް ވީ ކަމެއް ކަމަށެވެ. އެކަން ތަފްސީލް ކޮށްދެއްވަމުން ސުހައިލް ވިދާޅުވީ، ދެ މޫސުމް ބެދޭ މި ދުވަސްކޮޅު އޮއެވަރު ހުންނަ ގޮތުން ކޮންމެވެސް އެހެން ތަނަކަށް އަޅާފައިވާ ކުނިތަކެއް އައިސް ހުޅުމާލެ ފަޅުތެރެއަށް ވަންނަނީ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!