Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބޭނުންވަނީ ތިން އިރު ޝުކުރު ދެންނެވުމެއް ނޫން، މުވައްޒަފުންގެ މުސާރަ އުނިކުރުމާ "އަހަރެން ދެކޮޅު"!

ބޭނުންވަނީ ދުވާލަކު ތިން އިރު ޝުކުރު ދެންނެވުމެއް ނޫން ކަމަށާއި ރައްކާތެރި، އުޅެވޭވަރުގެ ދިރުއުޅުމެއް ކަމަށް ބުނެ ސިއްހީ ހިދުމަތްތެރިން މީސް މީޑިއާގައި އަޑުއުފުލަން ފަށައިފިއެވެ.

ސިއްހީ ހިދުމަތްތެރިންގެ އަޑު މީސް މީޑިއާގައި ގަދަވާން މި ފެށީ ސަރުކާރު މުވައްޒަފުންނަށް މިމަހުގެ މުސާރަ ދިނުމަށް ނެރުނު އާ އޮނގަނޑުގައިވާ ގޮތުން ސިއްހީ ހިދުމަތްތެރިންގެ މިމަހުގެ މުސާރަ ކުޑަވުމާ ގުޅިގެންނެވެ.

ސިއްހީ ހިދުތްތެރިން ތެރޭގައި ހިމެނޭ ނަރުހުންނާއި ލެބޯޓަރީ ޓެކްނޮލޮޖިސްޓުން ބުނާ ގޮތުގައި އެއްވެސް މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތްތަކުން އެއްވެސް މިންވަރެއް އުުނިކުރުމާ "އަހަރެން ދެކޮޅު" ކަމަށެވެ.

Advertisement
Ooredoo — Square (box)

އައިޖީއެމްއެޗުން މިދިޔަ އާދީއްތަ ދުވަހު ނެރެފައިވާ އިންޓާނަލް މެމޯއެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން މާރޗް 19 އިން ފެށިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރުމަށް ނިންމެވި ނަމަވެސް ނަރުހުންނަށް މުސާރަ ދިނުމަށް ނިންމާފައިވަނީ ރަސްމީ ދުވަސް ދުވަހުވެސް އަމަލުކުރާ ފަދައިން އެމުވަޒަފެއްގެ ޑިއުޓީ ގަޑީގެ މަސައްކަތް ކޮށްފައިވާ ގަޑިތަކަށް ކަމަށެވެ.

އެއީ ދުވާލަކު 8 ގަޑިއިރަށްވުރެން އިތުރަށް މަސައްކަތްކޮށްފައިވާ ވަގުތުތަކަށް އަދި އެހެނިެން މުވަޒަފުންނަށް ދުވާލަކު 6 ގަޑިރަށްވުރެން އިތުރަށް މަސައްކަތްކުރާ ނަމަ އެވަގުތަށް އިތުރުގަޑި ދެވޭނެކަމަށެވެ.

އައިޖީއެމް ހޮސްޕިޓަލުން މީގެ ކުރިން މުސާރަ ދިނުމުގެ ކަންތައްކުރާ އުސޫލަކީ، ރަސްމީ ބަންދު ދުވަސްތަކަކީ އެކްސްޓްރާ ދުވަހެއްގޮތުގައި މުވަޒަފުންނަށް މުޅި ދުވަހު އޯޓީ ލިބޭ ގޮތަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް