ދުނިޔެ

ކޮވިޑް19: އިންޑޮނޭޝިޔާގައި ބޭރަށް ނިކުންނަ މީހުންނާ ހަވާލުވާން ޖިންނިތަކެއް

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާވައިރަސް (ކޮވިޑް-19) ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރި، މުޅި ދުނިޔެއަށް އޭގެ ނުރައްކާ ކުރިމަތި ކުރަމުންދާއިރު، ވައިރަސް އިން ރައްކާތެރިވުމަށް ގިނަ ޤައުމުތަކުން ދަނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އިންޑޮނީޝިއާގެ އަވަށެއްގައި، ރައްކާތެރިކަން ކަށަވަރު ކުރުމަށް "ޖިންނި" ތަކެއް އުޅުނު ކަމަށް ބުނާ އަޑުތަކެއް ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ ފެތުރިފައެވެ.

Ads by Sosun Fihaara

އިންޑޮނޭޝިއާގެ ޖާވާ އައިލަންޑްގެ ކޫޕޫ އަވަށުގެ ރަށްވެހިން ގައިދުރުކަމަށް ސަމާލުކަން ދޭ މިންވަރު ކުޑަވަމުންދާތީ، އެ އަވަށުން ވަނީ ބިރުވެރި ވާހަކަތަކުގައި ސިފަކުރާ "ގޯސްޓް" ގެ ގޮތުގައި ހެދުން އަޅުވައިގެން "ރޫހާނީ" ވޮލަންޓިއަރުން މަގުތަކަށް ފޯރިމަރަން ނެރެފައެވެ.

އިންޑޮނޭޝިއާގެ ފޯކްލޯރު ބުނާ ގޮތުގައި 'ޕޮކޮންގް' ނުވަތަ ރޫހަކީ، ދުނިޔޭގައި ތާށިވެފައިވާ މަރުވެފައިވާ މީހުންގެ ރޫހުތަކެވެ.

މަގުތަކަށް "ޕޮކޮންގް" ނެރުމާ ބެހޭ ގޮތުން، އެ ސަރަހައްދުގެ މިސްކިތެއް ބަލަހައްޓަމުންދާ އަންޖަރު ޕަންކާ ބުނީ، މަޝްރޫއު ކާމިޔާބު ވަމުންދަނީ، ކޮވިޑް-19އަކީ ފުރާނައަށް ކިހާ ނުރައްކާތެރި ބަލިމަޑުކަމެއްކަން، މި "ރޫހު"ތަކުގެ ސަބަބުން މީހުންނަށް ހަނދާން ކޮށްދޭތީ ކަމަށެވެ.

ހަރުކަށި ފިޔަވަޅުތަކެއް ނާޅައިފިނަމަ އިންޑޮނޭޝިއާގެ ސިއްހީ ނިޒާމު އިނދަޖެހިދާނެ ކަމުގެ ބިރުވެރިކަން އިންތިހާއަށް އުފެދިފައިވީ ނަމަވެސް، ގައުމީ ފެންވަރުގައި ލޮކްޑައުންގެ އަމުރެއް އިއުލާން ކުރައްވާކަށް ރައީސް ޖޯކޯ ވިޑޯޑޯ އަދި ނިންމަވާފައެއް ނުވެއެވެ.

ކޮވިޑް-19 ގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިންޑޮނީޝިއާގައި ވެސް ދަނީ އިތުރުވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!