ޚަބަރު

ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމުގެ ޔަގީންކަން އެޗްޕީއޭއިން ދީފި: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް ނުވަތަ އާންމުންގެ ތެރޭގައި ބަލި ނެތް ކަމުގެ ޔަގީންކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލިހުގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ކޮމިޓީތަކުގެ މުގައްރިރުންނާ އެކީގައި މަޖިލިހުގައި ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ މި ބައްޔަށް ދިވެހިން އިންފެކްޓުވާ ރޭޓު ވަރަށް ކުޑަ ކަމަށެވެ. އަދި ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށް އެމަނިކުފާނަށް އެޗްޕީއޭ އިން ޔަގީންކޮށްދީފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ސައިންސްގެ އެއްވެސް ދަލީލެއް ފެންނާކަށް ނެތޭ ކޮމިއުނިޓީ ސްޕްރޭޑެއް،" އެޗްޕީއޭ އިން ނަޝީދު އަރިހުގައި އެހެން ދެންނެވި ކަމަށް ވިދާޅުވެ ކޮމެޓީގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ދިވެހި ކޮމިއުނިޓީ ތެރޭގައި އިންފެކްޝަން އޮތް ކަމަކަށް އެޗްޕީއޭ އިން ނުދެކޭ ކަމަށެވެ. ނަޝީދު ވިދާޅުވީ ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށްވީ ނަމަވެސް މިކަމުގައި ކުރަން ހުރި ކަންކަން ގިނަ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. މިވަގުތު މަޖިލިސް ބަންދުކޮށްފައި ބޭއްވެން ނެތީ ކޮވިޑް19 އަށް ކުރަން ހުރި މުހިއްމު ކަންކަން ކުރަމުން ދޭތޯ ބެލުމުގެ ބޭނުމުގައި ކަމަށެވެ.

ރާއްޖޭގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށް ނަޝީދަށް އެޗްޕީއޭ އިން އަންގާފައިވާ ކަމަށް ވިދާޅުވިއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އާންމުންގެ ތެރޭގައި ކޮވިޑް-19 ފެތުރޭތޯ ބަލަން ކުރާ ސާވޭ އަށް ދެ ހަފްތާ ހޭދަ ވާނެ ކަމަށެވެ. ނަޒްލާ ވިދާޅުވީ އެ ދިރާސާގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މާލެ އާއި އަތޮޅު ތެރޭގެ ރަށްތަކުގައި ވެސް ސާވޭ ކުރާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!