ޚަބަރު

ސާވޭއިން ދައްްކާ ގޮތުން ރާއްޖޭން 2000 މީހުން ކޮވިޑް-19 ޖެހޭނެ: ނަަޝީދު

ދެން އެމްވީ ، ދެން އޮންލައިން

މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެކު ވެސް ރާއްޖޭގެ 2000 މީހަކު ކޮވިޑް-19 އަށް ފައްސިވުން އެކަށީގެންވާ ކަމަށް ސާވޭތަކާ ހަވާލާދެއްވައި ރައްޔިތުންގެ މަަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19އާ ގުޅިގެން މަޖިލިސް ޖަލްސާތައް އޮންލައިން ކޮށް ކުރިއަށް ގެންދިއުމަށް ނިންމުމަށް ފަހު މަޖިިލިސް ޖަލްސާތައް މަޖިލިސް ކުރާ ގޭގައި ކުރިއަށްގެންދިއުމާ ބެހޭގޮތުން، ސިޔާސީ ލީޑަރުންނާއި ކޮމިޓީތަކުގެ މުގައްރިރުންނާއެކު، ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެ ހިސާބުތަކަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ދިރާސާއިން ދައްކާ ގޮތް ކަމަށެވެ.

ނަޝީދު ވިދާޅުވީ އެޗްޕީއޭއިން އެންމެ ފަހުން ކުރި އެޕިޑެމިއޮލޮޖިކަލް ސާވޭގެ މައުލޫމާތު އެމަނިކުފާނު ހޯއްދަވާފައިވާ ކަަމަށެވެ. އެ މައުލޫމާތު ހޯއްދެވީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ޖަލްސާތައް ކުރިއަށް ގެންދަވަން އެދިވަޑައިގަންނަވާތީ ކަމަށް ވެސްް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އެޗްޕީއޭގެ ސާވޭގައި ބުނެފައިވާ ގޮތުން، ކޮވިޑް19 އާ ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު މިހާރު މިއޮތް، ގައިދުރު ކުރުމުގެ ފިޔަވަޅުތައް އެޅުމުން ބަންދުގައި 210 ދުވަސް ތިބެން ޖެހޭނެއެވެ. އެހެންކަމުން ކޮވިޑް19 އާއި ގުޅިގެން މިހާރު އޮތް ހާލަތު އާއްމު ހާލަތަށް ބަދަލުވާން 210 ދުވަސް ނަގާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށާއި، މިހާތަނަށް މިކަމުގައި 30 ދުވަސް ހޭދަވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކޮވިޑްް-19 ފެތުރުން ކޮންޓްރޯލް ކުރަން ދެގޮތަކަށް މަސައްކަތް ކޮށްފި ނަމަ ނިކުންނާނެ ދެ ނަތީޖާއެއް ސާވޭއިން ފާހަގަކޮށްފައި ވެ އެވެ. އެ ގޮތުން އެއް ނަތީޖާ އަކީ ރާއްޖޭން މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެކުގައި ނެރެވޭނެ ނަތީޖާ އެވެ. އަދި އަނެއް ނަތީޖާ އަކީ ފިޔަވަޅުތައް ދޫކޮށްލުމުން ނިކުންނާނެ ނަތީޖާ އެވެ.

"އަޅުގަނޑުމެންނަށް އެބަ އެނގޭ މިހާރު ރާއްޖޭގައި އަޅާފައި ހުރި ފިޔަވަޅުތައް، މިހެން އަޅާފައި ބެހެއްޓީމަ ގާތްގަނޑަކަށް 2000 މީހުންނަށް މި ބަލި ޖެހޭނެ ކަމާއި އޭގެ ތެރެއިން އެބޭފުޅުން ވިދާޅުވާ ހާއްސަ ހާލަތަށް، ނުރައްކާތެރި ހާލަތަށް 5-10 ޕަސަންޓު މީހުން ދާނެ ކަމަށް. އެއީ އަޅުގަނޑުމެންނަށް ސައިންސުން ފެންނަން އޮތް އެއްޗެއް،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފިޔަވަޅުތައް ނާޅައިފި ނަމަ 80 ދުވަހުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 8،000އެއްހާ މީހުން ތިބޭނެ ކަމަށާއި ފިޔަވަޅުތައް އެޅިޔަސް، ހަމަ އެ އަދަދަށް 210 ދުވަހުގެ ތެރޭގައި ޕޮޒިޓިވް ވެދާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!