ވިޔަ ޕޯޓަލްގެ ސެކިއުރިޓީ ވަރުގަދަކުރަން އޮޑިޓަ ޖެނެރަލް ލަފާދެއްވައިފި
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީ.އޭ) އިން ބޭނުންކުރަމުން އަންނަ "ވިޔަ ޕޯޓަލް" ގެ އިންފޮމޭޝަން ސިސްޓަމް އޮޑިޓެއް ނިންމައި އެ ސިސްޓަމްގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އޮޑިޓަ ޖެނެރަލް ފާހަގަ ކުރައްވައިފިއެވެ.
ވިޔަ ސިސްޓަމްގެ ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ހިމެނޭ ރިޕޯޓެއް އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ ނެރުއްވި އޮޑިޓް ރިޕޯޓުގައި އެ ސިސްޓަމަށް ވަދެވޭ ގޮތްތަކާއި އަދި ޑޭޓާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް "ޖެނެރަލް އައިޓީ ކޮންޓްރޯލް" ތަކެއް ގާއިމުކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.
އޮޑިޓުން ފާހަގަވި މައްސަލަތަކުގެ ތެރޭގައި "ހައި ރިސްކް" އަދި "މީޑިއަމް ރިސްކް" ގެ މައްސަލަތައް ހިމެނެއެވެ. މީގެ ތެރޭގައި އެޕްލިކޭޝަން ކޮންޓްރޯލްތަކާ ގުޅުންހުރި 7 މައްސަލައެއް ވަނީ ފާހަގަކޮށްފައެވެ.
ސިސްޓަމްގައި ހުންނަ މައުލޫމާތަކީ އިތުބާރު ހުރި އަދި ސައްހަ މައުލޫމާތުކަން ކަށަވަރުކުރުމަށްޓަކައި ސިސްޓަމްގެ އޮޕަރޭޝަންތައް މިހާރަށްވުރެ ހަރުދަނާކުރަން ޖެހޭ ކަމަށް ބުނެފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ލަފާދީފައިވަނީ ސިސްޓަމްގެ ސެކިއުރިޓީ ވަރުގަދަކުރުމަށްޓަކައި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް އައި.ޓީ ސިޔާސަތުތައް އެކުލަވައިލުމަށެވެ. އަދި ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށް ވަގުތުން ފިޔަވަޅު އެޅުމަށް އެލްޖީއޭ އަށް ވަނީ އިރުޝާދު ދީފައިވެއެވެ.


ބޯހިޔާވަހިކަމުގެ ފުލެޓު ބޭނުން9300948 މޯބައިލް