ޚަބަރު

ކޮވިޑް-19 ޖެހުނު އިތުރު ދެ ދިވެއްސަކު ރަނގަޅުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވެގެން ރާއްޖޭގައި ފަރުވާ ދެމުންދިޔަ އިތުރު ދެ ދިވެއްސަކު ބަލިން ރަނގަޅުވެއްްޖެއެވެ.

Ads by STELCO

އެކަން ހާމަކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދެ ދިވެއްސަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.

މިއާއެކު ރާއްޖެއިން މި ބައްޔަށް ފައްސިވި 13 ބިދޭސީ މީހުންނާއެކު، ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 16 އަށް އަރަފައެވެ. މީގެ ކުރިން ވެސް ރާއްްޖޭގައި ކޮވިޑް-19 ޖެހުނު ދިވެއްސަކު ވަނީ ރަނގަޅުވެފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 20 މީހުންނެވެ. އޭގެ ތެރެއިން ދެ މީހުން ފައްސިވެފައި ވަނީ ރާއްޖެއިން ބޭރަށް ދިޔަ ފަހުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!