Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ހޮސްޕިޓަލަށް ދާން ވެހިކަލެއް ނުލިބުމުން ބައިސްކަލެއްގައި ތުއްތު ކުއްޖަކު ގެންދިޔަ މީހަކަށް ގިނަބައެއްގެ ތަޢުރީފް!

ކޮޮވިޑް19 އާއި ގުޅިގެން އިންޑިއާ ފުރަބަންދު ކޮށްފައި ވީނަމަވެސް އެއް ދުވަސް ނުވާ ތުއްތު ކުއްޖަަކަށް ފަރުވާދޭން ހޮސްޕިޓަލަށް ދާން ވެހިކަލެއް ނުލިބުމުން އެކުއްޖާގެ ގޮވައިގެން ބައިސްކަލުގައި ހޮސްޕިޓަލަށް ދިޔަ ޑޮކްޓަރަކަށް ގިނަ ބައެއްގެ ތައުރީފު ލިބިއްޖެއެވެ.

އިންޑިއާގެ މީޑިއާތައް ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ ހުކުރު ދުވަހު ، ޝުވެތާ ޕަޓިލް ކިޔާ އަންހެނެއްގެ ތުއްތު ކުއްޖާ ،ފަރުވާ ހޯދުމަށް ގެންގޮސްފައިވަނީ ބަނޑުގައި ރިއްސާތީއެވެ. ސިޒޭރިއަން ހަދައިގެން ވިއްސިއިރު 1.5 ކިލޯ ހުރި މިކުއްޖާ އުފަންވިއިރު ވެސް ހާލު އެހާ ރަނގަޅު ނޫން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކުއްޖާ އުފަންވުމާއެކު ކުއްޖާގެ ނޭވާލުމަށް މައްސަލަތަކެއް ކުރިމަތިވެ ކުއްޖާ ހަށިގަނޑު ނޫ ވާން ފެށިއެވެ. ކުއްޖާގެ މައިންބަފައިންނަށް އޭގެ ކުރިން ލިބުނު ކުއްޖާ ވިހެއުމާއެކު މަރުވުމުން ކުއްޖާގެ މައިންބަފައިން އެކަމާއި ވަރަށް ކަންބޮޑުވިއެވެ. އޭރު ތުއްތު ކުއްޖާގެ މަންމަ، ޝްވެތާ ދިޔައީ އޭނާގެ ހަށިގަނޑުގައި ހަކުރު ގިނަ ވެގެން އެކަމަށް ފަރުވާ ހޯދަމުންނެވެ.

Advertisement
HDC — Sidebar (box)

މީޑިއާ އަށް މައުލޫމާތު ދެމުން އެ ޑޮކްޓަރު ބުނެފައިވާ ގޮތުގައި ހޮސްޕިޓަލަށް ގެންގޮސް އެންއައިސީޔޫއަށް އެކުއްޖާއަށް ލާފައިވާ ކަމަށާއި އޮކްސިޖަން ސަޕޯޓުދިންތާ 12 ގަޑިއިރުގެ ތެރޭގައި ކުއްޖާގެ ހާލަތު ރަނގަޅުވެފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް