Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފީވަކުގައި ކޮވިޑް ޓާސްކް ފޯހުން ބައްދަލުވުމެއް ކުރިއަށް ދަނިކޮށް މާރާމާރީ ހިންގައިފި

ށ. ފީވަކުގައި ކޮވިޑް-19ގެ ޓާސްކް ފޯހުގެ ބައްދަލުވުން ކުރިއަށްދަނިކޮށް އެތަނުގެ ތެރެއަށް ބަޔަކު ވަދެ މާރާމާރީ ހިންގައިފިއެވެ.

ފުލުހުން ބުނީ ފީވަކު ސްކޫލްގައި ރޭ ބޭއްވި އެ ބައްދަލުވުން ކުރިއަށްދަނިކޮށް އެތަނުގެ ތެރެއަށް ބަޔަކު ވަދެ މާރާމާރީ ހިންގަމުންދާ ކަމުގެ މައުލޫމާތު ލިބިގެން އެތަނަށް ދިޔުމުން ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން 25 އަހަރާއި 28 އަހަރުގެ ދިވެހި ދެ ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން ވަނީ 25 އަހަރުގެ މީހާ އަށް ހަތް ދުވަސް އަދި އަނެއް މީހާގެ ބަންދަށް ފަސް ދުވަސް ދީފައެވެ.

Advertisement
HDC — Sidebar (box)

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް