ޚަބަރު

25 ދުވަސް ފާއިތު ވެއްޖެ، ނޭޕާލްގައި ތިބި ދިވެހިން ގެނައުމުގައި ސަރުކާރު ނުކުޅެދިފައި

ދެން އެމްވީ ، ދެން އޮންލައިން

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ތާށިވެފައިވާ 17 ދިވެހި ދަރިވަރެއްގެ ވާހަކަ ދިވެހި ސަރުކާރުގެ ސަމާލުކަމަށް އެތަކެއް ފަހަރު ގެނެވިއްޖެކަމަށް ނޭޕާލްގައި ހުރި ދިވެހި ޑަކްޓަރަކު "ދެން"އާ ހިއްސާކޮށްފިއެވެ.

Ads by MWSC

އޭނާ ބުނީ ދިވެހިރާއްޖޭގެ ސަރުކާރުގެ އެދިލެއްވުމަށް ނޭޕާލްގައި ތިބި ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން،އެކުދިން ދިރިއުޅެމުން އައި ސިޓީތައް ދޫކޮށް ވެރިރަށް ކަތަމަންޑޫއަށް ގޮސްފައިވަނީ މާރޗް މަހުގެ 21 ވަނަ ދުވަހުގައި ކަމަށެވެ. މީގެތެރެއިން ބައެއް ދަރިވަރުންނަށް ރާއްޖެ އާދެވިފައިވީ ނަމަވެސް 21 ވަނަ ދުވަހުން ފެށިގެން ކަތަމަންޑޫގައި ތާށިވެފައި ތިބި ދިވެހި 17 ޑޮކްޓަރުންނެއް ރާއްޖެ ގެނެސް ދިނުމަށް އެދި ދިވެހި ސަރުކާރުގެ އެކިފަރާތްތަކުގައި އާދޭސް ދަންނަވާތާ މިއަދަށް 25 ދުވަސް ވެފައިވާ ކަމަށާއި މި އާދޭސްތަކަށް ސަރުކާރުން ދޭހާވެސް ޖަވާބަކީ ރާއްޖެ ގެނެސްދޭނެކަމަށް ކަން އޭނާ ބުންޏެވެ.

"މިގޮތަށް ޖަވާބުދޭތާ 25 ދުވަސް ފާއިތުވީ އިރުވެސް މިކުދިން ގެނެވޭނެ އެއްވެސް މަގެއް ސަރުކާރަށް ނުފެންނަނީތޯ؟" އޭނާ ބުންޏެވެ.

މީގެ އިތުރުން މިހާ ދުވަސް ވެގެން ދިޔައިރުވެސް ދިވެހި ސަރުކާރަށް އެތަނުގައި ތިބި ދިވެހިން ނުގެނެވިގެން މިއުޅޭ ހަޤީޤީ ސަބަބެއް ހަމައެއްގޮތަކަށްވެސް ނޭނގުނު ކަމަށް އޭނާ ބުންޏެވެ.

ނޭޕާލްގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު އެހެން ޤައުމުތަކުން އެގައުމުތަކުގެ ރައްޔިތުންގެ ޤައުމުތަކަށް ގެންގޮސްފައިވެއެވެ. އެގައުމު ތަކުން އެމީހުންގެ ރައްޔިތުން ގެންގޮަސްފައިވަނީ އިވެކްއޭޝަން ޕްލޭންތައް އެކުލަވާލައި ފްލައިޓްތައް ޗާޓަރކޮށްގެންނާއި މިލިޓަރީ އިވެކުއޭޝަންތައް މެދުވެރިކޮށެވެ.

އޭނާ ބުނީ ނޭޕާލްގައި ތިބި ދިވެހި ދަރިވަރުންނާއި ބަންގްލަދޭޝްގައި ތިބި ދިވެހި ދަރިވަރުން ގެނައުމަށް އޭޕްރީލް 16 ވަނަ ދުވަހަށް ރެސްކިއު ފްލައިޓެއް ހަމަޖައްސައިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރ އަދި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޑިރެކްޓަރ ހިސާން ހަސަން އާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ޝާއިއު ކޮށްފައިވީނަމަވެސް މިކަމަކީ އެއްވެސް ހަޤީޤަތެއް ނެތްވާހަކައެއްކަން މިހާރު އެނގިފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ 13 ވަނަ ދުވަހު ކޮވިޑް19ގެ ޓާސްކްފޯހުން ބޭއްވި ޕްރެސްގައި މިވަގުތު ރާއްޖެއިން ބޭރުގައި ތިބި އިތުރު ދިވެހިން ގެނެވެން ނެތްކަމަށް ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

ނޭޕާލް އަދި ބަނގްލަދޭޝްގައި ކޯވިޑް-19 ގެ ހާލަތު ގޯސްވަމުން އަންނައިރު އެދަރިވަރުން ރާއްޖެ ނުގެނެވޭތީ އެދަރިވަރުންނާއި ދަރިވަރުންގެ އާއިލާ ތިބީ ވަރަށްބޮޑު ހާސް ކަމެއްގެ ތެރޭގައެވެ. 25 ދުވަސް ފާއިތުވީއިރު ސަރުކާރުން މި ދަރިވަރުން ނުގެނެވިވާކަމީ ވަރަށް ބޮޑު އިހުމާލެއް ކަމަަަށް ނޭޕާލާއި ބަނގުލަދޭޝްގައި ތިބި ދިވެހިން ފާހަގަކޮށްފައިވެއެވެ.

ނޭޕާލް އެތެރޭގައި ދަތުރުފަތުރާއި ބައިނަލްއަގްވާމީ ދަތުރުތައް ހުއްޓާލާފައިވާއިރު، މިކުދިންނަށް ރާއްޖެ ނާދެވޭއިރު އެކުދިން ކުރިން ތިބި ސިޓީ އަށް ދެވޭނެ ގޮތެއް ވެސް ވަނީ ނެތިފައެވެ. މި ކުދިން ކަތަމަންޑޫ އަށް ދިޔައީ ސަރުކާރުގެ ރަސްމީ ލިޔުމެއް ފޮނުވައިގެން ކަމަށްވާއިރު، މިގޮތަށް ތާށިވެ، ގިނަ ދުވަސްތަކެއް ފާއިތުވާއިރު މިކަމުގެ ފުރިހަމަ ޒިންމާ ސަރުކާރުން ނަގަން ޖެހޭނެ ކަމަށް ނޭޕާލުގައި ތިބި ދިވެހި ކުދިންގެ ތެރެއިން "ދެން" އާއި ވާހަކަ ދެއްކި ދަރިވަރުން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!