ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތަކެއް ނައްތާލައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ވޭޕްތަކެއް ނައްތާލައިފިއެވެ.

Ads by PNC

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި ތަކެއްޗަކީ މި ފެބުރުވަރީ މަހުގެ 12ވަނަ ދުވަހު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޯންސް އެންޑް ޕެޓްރޯލް ގުޅިގެން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތި ކަމަށެވެ. އަދި މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނައި ބަނގްލަދޭޝް / ޗައިއޮން، (34އ)ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ވޭޕްތައް ނައްތާލާފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މި ފަދަ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން، މިއަދު ދޫނިދޫގައިކަމަށް ފުލުހުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!