ޚަބަރު

ހަދަމުން ދިޔަ އިމާރާތެއްގެ މަތިން މީހަކު ވެއްޓިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން މީހަކު ވެއްޓި ވަރަށް ބޮޑަށް އަނިޔާ ވެއްޖެއެވެ.

Ads by STELCO

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފާމުދޭރި މަގުގައި ހުރި ހަދަމުންދާ އިމާރާތެއް މަތިން އެތަނުގެ މަސައްތަކުގައި އުޅުނު ބިދޭސީ މީހަކު ވެއްޓި، އޭނާއަށް ފަރުވާ ދެމުންދާ ކަމަށެވެ.

އެމީހާއަށް ފަރުވާ ދެމުން ދަނީ މެޑިކާ ހޮސްޕިޓަލްގައި ކަމަށާއި މިހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު 15:20 ކަންހާއިރު ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

އެމީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު އަދި ލިބިފައެއް ނުވެއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް އޮފިޝަލް ފާހަގަ ކުރައްވާފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!