ޚަބަރު

ރިޟްވާންގެ މައްސަލައިގައި ޙަސަން ޢަލީގެ ޕާސްޕޯޓު ހިފަހައްޓައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ވަގަށް ނަގާ ، ގެއްލުވާލި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ރާއްޖެއިން ބޭރަށް ދިޔަކަމަށް ދެއްކުމަށް ލިޔެކިޔުން ތައްޔާރު ކުރިކަމުގެ ތުހުމަތު ކުރެވޭ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ އަދި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން އަލީގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

Ads by MPL

އޮންލައިން ނޫސް ސީއެންއެމް އިން ބުނެފައިވާ ގޮތުގައި ޙަސަން ޢަލީގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަން ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކާއި ބެހޭ ރިޔާސީ ކޮމިޝަނުން ވަނީ އެނޫހަށް ޔަގީން ކޮށްދީފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ދެއްވާފައި ނުވާކަމަށް ބުނެފައިވެއެވެ.

އެގޮތުން ފަނޑިޔާރު ޙަސަން ޢަލީގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ، އިމިގްރޭޝަން ކޮންޓްރޯލާގެ މަޤާމުގައި ހުންނެވި ދުވަސްވަރު ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކުރާ ދެ ފުލުހަކާ ގުޅިގެން، ނޫސްވެރިޔާ ރިޟްވާން ރާއްޖެއިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކައި ޓްރެވަލް ޑޮކިއުމަންޓެއް ތައްޔާރު ކުރުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތެވެ.

މިމައްސަލަ ޙަސަން ޢަލީގެ މައްޗަށް ތުހުމަތު ކުރެވުނު އިރު އޭނާ ހުންނެވީ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމުގައެވެ. މިމައްސަލަ ފެންމަތިވުމާއެކު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އޭނާ ސަސްޕެންޑު ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!