ޚަބަރު

ޑައިރެކްޓަރު އަމްޖޭގެ ހާލު ދެރަވެގެން ފަރުވާ ދެނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އަމްޖޭ--

ދިވެހި ކުޅަދާނަ ފިލްމު ޑައިރެކްޓަރު އަމްޖަދު އިބްރާހިމް (އަމްޖޭ)ގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

Ads by PNC

"ދެން"އަށް އެނގިފައިވާ ގޮތުން އަމްޖޭއަށް ފަރުވާ ދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ހާއްސަ ފަރުވާދޭ ޔުނިޓް ނުވަތަ (ސީސީޔޫ)ގައެވެ.

އޭނާ ބަލިވެ އުޅޭތާ ދުވަސްތަކެއް ވެފައިވާކަން ވެސް ވަނީ އެނގިފައެެވެ.

އަމްޖޭ ބަލިވެ އުޅޭތީ އޭނާއަށް ހެޔޮ އެދޭ ފަރާތްތަކުންނާއި ފިލްމީ ތަރިން ދަނީ އަވަސް ޝިފާއަކަށް އެދެމުންނެވެ.

ނުވަދިހައިގެ އަހަރުތަކުން ފެށިގެން ފިލްމު ޑައިރެކްޓްކުރަމުންދާ އަމްޖަދު 2024ވަނަ އަހަރު ވެސް ފިލްމެއް ޑައިރެކްޓްކޮށްފައި ވެއެވެ. އޭނާ ޑައިރެކްޓްކުރި މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ހިނިތުން، މަޖުބޫރު ލޯބި އަދި ގުރުބާނީ ފަދަ ފިލްމުތައް ހިމެނެއެވެ.

  1. ބަދީޢު

    ދިވެހި ފިލްމީ ދާއިރާގެ އެކިއެކި ފަންނާނުންނަށް މިފަހަކުން އައިސް ދިމާވާ ސިއްޙީ މައްސަލަތައް މީ ބަލަން ވެއްޖެ ކަމެއް ކަމުގައި ދެކެން. ކިޔާތީ އަޑުއެހިން މިފަހުން ފިލްމީ ދާއިރާއަށް ވަން ޒުވާނަކު ސިހުރު ހަދައިގެން މީހުންގެ ދިރިއުޅުން ހަލާކުކޮށް، މީހުން މަރައިގެން ނަމަވެސް ފިލްމީ ދާއިރާގައި ނަން ވިދާލަން ބޭނުންވެގެން އެބައުޅެއޭ. މިއީ ތެދެއް ނަމަ މިކަންތައް އެބަޖެހޭ ތަޙްޤީޤު ކުރަން.