ޚަބަރު

ކުޑަކުދިންގެ ބަރަހަނާ ފޮޓޯ ގެންގުޅުނު މީހާ ދޫކޮށްލައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ “ގޫގުލް ޑްރައިވް”އަށް އަޕްލޯޑްކުރުމާއި، އިލެކްޓްރޯނިކް އެކި ވަސީލަތްތަކުގައި އެފަދަ ތަކެތި ރައްކާކޮށް، ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައިފިއެވެ.

Ads by Allied

ހުޅެވި / ބ.ކުޑަރިކިލު, ޢަލީ ނާޖިހު އަހުމަދު (29އ)ހައްޔަރުކުރީ މިދިޔަ މަހުގެ 13ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން ދެ ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރިއެވެ.

ނަމަވެސް ތިން ވަނަ ފަހަރު ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން އޭނާ ޝަރުތުތަކާއެކު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ. ނަމަވެސް އެ ޝަރުތުތަކުގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

ނާޖިހުގެ މައްސަލަ ބަލަމުން ދަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުންނެވެ. ކުޑަކުދިންގެ އޮރިޔާން މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯ ގެންގުޅޭ ފަރާތްތަކުގެ މައްސަލަތަކަކީ، ދިވެހި ފުލުހުންގެ ޚިދުމަތުން އިސްކަންދީގެން ތަހުގީގު ކުރަމުންދާ ސީރިއަސް މައްސަލަތަކެކެވެ

  1. ޖުމާ

    ތީ އަދި އިސްކަން ދީގެން ބަލާ ކަންކަމައް ވާ ވަރު. ދެން މީހަކު މަރާލުން ކަހަލަ ސީރިއަސް ނޫން މައްސަލަތައް ދާނެގޮތް ނިކަން ވިސްނާލާ.