ޚަބަރު

ފަތާ ޓްރެކުގައި މަރުވެފައި އޮއްވާ ފެނުނު މީހާ ދެނެނުގަނެވިގެން އާންމުންގެ އެހީއަށް އެދިއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އައްޑޫ ހިތަދޫ ފަތާ ޓްރެކު--

އައްޑޫ ސިޓީ ހިތަދޫގެ ފަތާ ޓްރެކުގައި މަރުވެފައި އޮއްވާ މިއަދު ހަވީރު ފެނުނު ބިދޭސީ ފިރިހެންމީހާއަކީ ކާކުކަން ދެނެނުގަނެވިގެން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

Ads by PNC

ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުމާއެކު ބިދޭސީ މީހާ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭނާއަކީ ދޮން ނަސްލުގެ މީހެއް ކަމަށާއި އޭނާއަކީ ކާކުކަން ދެނެ ނުގަނެވޭ އިރު އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ މިސިން ޕާސަންސް ރިޕޯޓެއް ވެސް މިހާތަނަށް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ އެ މީހާއަކީ ކާކުކަން ދެނެގަތުމަށް އެހީތެރިވެދެވޭނެ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާ ނަމަ، ނުވަތަ އެ ސަރަހައްދުގައި އުޅޭ ބިދޭސީއެއްގެ ހަބަރެއް ނުވެގެން އުޅޭ ނަމަ، ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612އަށް ގުޅައި ހިއްސާކުރަން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!