ވިޔަފާރި

ގައުމީ ލޮޖިސްޓިކް ނެޓްވޯކުގައި އަމިއްލަ ކުންފުނިތަކަށް ބައިވެރިވެވޭނެ

ފާތިމަތު އަފްނާން ، ދެން އޮންލައިން
ޕްރެސްގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާ ހަރުދަނާކުރުމަށްޓަކައި އުފައްދާ މައި ނެޓްވޯކްގެ ތެރެއަށް ރާއްޖޭގައި އަމިއްލަ ކުންފުނިތަކަށްވެސް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by Allied

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭން ބޭރުން މުދާ ގެންނަ ތިން ބަނދަރު ކަމަށްވާ މާލޭ ވިޔަފާރި ބަނދަރާއި ކުޅުދުއްފުށި ޕޯޓު އަދި އައްޑޫ ސިޓީ ވިޔަފާރި ބަނދަރު ލޮޖިސްޓިކަލީ ގުޅުވައިދޭނެ މައި ނެޓްވޯކެއް "އެންކާ"މަޝްރޫއުގެ ދަށުން ހަދާ ނެޓްވޯކުގައި އަމިއްލަ ކުންފުނިތަކަށް ބައިވެރިވެވޭނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ނެޓްވޯކް ކުރިއަށްދާނީ އެމްޕީއެލްގެ ބެލުމުގެ ދަށުން ކަމަށާއި މީގެ ބޭނުމަކީ ކޮންމެފަދަ ދަނޑިވަޅެއްގައި ވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ހުއްޓުމެއްނެތި ފޯރުކޮށްދެވޭނެކަން ޔަގީން ކުރުމެވެ.

"މި ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑްރައި އަދި ވެޓް ސްޓޯރޭޖްތައް ގާއިމްކުރުމުގެ މަސައްކަތްތައް ކުރެވޭނެ."ސައީދު ވިދާޅުވިއެވެ.