ޚަބަރު

ގިނަ އަދަދެއްގެ ވޭޕް ގެންގުޅުނު މީހަކު ޖޫރިމަނާކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ގިނަ އަދަދެއްގެ ވޭޕް ގެންގުޅުނު މީހަކު ޖޫރިމަނާކޮށްފިއެވެ.

Ads by Allied

ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ފޭސް 1ގެ ޗަނބޭލީ މަގުން ދެމީހަކު ހުއްޓުވައި ވަނީ ބަލައިފާސްކޮށްފައެވެ. އެތަނުން އެކަކު ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން 106ވޭޕްއާއި 571ވޭޕް ކާޓްރިޖު ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި އޭނާ 2000ރުފިޔާއިން ޖޫރިމަނާކުރި ކަމަށާއި ނަމަވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

ވޭޕް ފެނުނު މީހާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.