ވިޔަފާރި

އިންޑިއާގައި ބާއްވާ "ޓާޓާބައި ރޯޑްޝޯ" އެންޑޯޒްކޮށްފި

ފާތިމަތު އަފްނާން ، ދެން އޮންލައިން
ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރު ކަމަށް ހަމަޖެއްސި ލައިފް ސްޓައިލް އައިކަން އަދި ބޮލީވުޑްގެ ތަރި ކެޓްރީނާ ކެއިފް

އިންޑިއާގެ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިސްތިހާރުކުރުމަށް ބާއްވާ "ޓާޓާބައި ރޯޑްޝޯ"ވިޒިޓް މޯލްޑިވްސްއިން އެންޑޯޒްކޮށްފިއެވެ.

Ads by Allied

މި ހަރަކާތަކީ ރާއްޖެއަށް އެންމެ ގިނައިން އިންޑިއާ ފަތުރުވެރިން ފޮނުވުމުގައި އެހީތެރިވެދޭ އެއް ކުންފުނި ކަމަށްވާ "ޓާޓާބައި ޓުއާސް"އާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ކުންފުންޏަކީ ވޭތުވެދިޔަ 10އަހަރު ތެރޭގައި އިންޑިއާ މާކެޓުގައި ރާއްޖޭގެ ރިސޯޓުތަކަށް ޚިދުމަތްދޭ، އިތުބާރުހުރި އެއް ކުންފުންޏެވެ.

މި ރޯޑްޝޯގައި ރާއްޖޭގެ 25ލަގްޒަރީ ރިސޯޓަކުން ބައިވެރިވާނެއެވެ. މި ފެއާގެ މަގުސަދަކީ އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގެ ބްރޭންޑް ވަރުގަދަކުރުމަށާއި، ރާއްޖޭގެ މަންޒިލްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!