ޚަބަރު

ދޯންޏެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިޔަކު މަރުވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އދ. އަތޮޅު މަންތާ ޕޮއިންޓަށް މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވެއްޖެއެވެ.

Ads by PNC

ފުލުހުންގެ ޚިދުމަތުން ބުނީ، މި ހާދިސާ ހިނގާއިފައިވާ ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 09:59 އެހާއިރު ކަމަށާއި ނިޔާވެފައި ވަނީ ޖަރުމަނުވިލާތަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.

Ads by Allied Insurance