ވިޔަފާރި

އެމްޕީއެލް އެމްޑީކަމުން ރިޝްވާން އިސްތިއުފާ ދެއްވައިފި

ފާތިމަތު އަފްނާން ، ދެން އޮންލައިން
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރި މުހައްމަދު ރިޝްވާން / ފޮޓޯ:ސަން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ޑީސީޕީ (ރިޓަޔާޑް) މުޙައްމަދު ރިޝްވާން އިސްތިއުފާ ދެއްވައިފި އެވެ.

Ads by Allied

ސަރުކާރު ކުންފުނިތައް ބަލަހައްޓާ ޕީސީބީ އިން ދާދި ދެންމެއަކު ބުނީ ހ. ހަބަރުގެ، ޑީ.ސީ.ޕީ (ރިޓަޔާރޑް) މުޙައްމަދު ރިޝްވާން، މިއދި އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އިސްތިއުފާ ޤަބޫލުކޮށް މިއަދުން ފެށިގެން އެމަޤާމުން ވަނީ ވަކިކޮށް ފައެވެ.

ރިޝްވާން އެމްޕީއެލް ހިންގުމުގެ އެންމެ އިސް މަގާމު ހަވާލު ކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ.

ރިޝްވާންއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ފުރުއްވި ބޭފުޅެކެވެ. ރިޝްވާންއަކީ ސިފައިންނާއި ފުލުހުންގެ އިސް މަގާމު ތަކެއް ފުރުއްވި ބޭފުޅެކެވެ. އޭނާ އެންމެ ފަހުން އަދާކުރެއްވި ވަޒީފާއަކީ އައިޖީއެމްޗްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމެވެ.

Ads by Allied Insurance