ޚަބަރު

އެކްސިޑެންޓެއްގައި 22 އަހަރާއި 19 އަހަރުގެ ދެ ޒުވާނުންނަށް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާދެނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މާލެ، ބޮޑުތަކުރުފާނު މަގާއި ހިތިގަސްމަގު ގުޅޭ ސަރަހައްދުގައި، ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، 22 އަހަރުގެ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއްވެ ފަރުވާދެން ފަށައިފިއެވެ.

Ads by Allied

ފުލުހުންގެ ޚިދުމަތުން ބުނީ، ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ 2026 އޭޕްރީލް 07ވަނަ ދުވަހުގެ މެންދުރުފަހު 14:16 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކާރުގެ ފަހަތުގައި ޖެހިގެން ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

މި އެކްސިޑެންޓުވި ސައިކަލުގައި ތިބި ދެ ޒުވާނުންނަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން މަޢުލޫމާތުދެއެވެ.

މައްސަލަ ފުލުހުންގެ ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance