ޚަބަރު

މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މީހާ މަރުވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ޚަބަރު ހުސްވެ މާލޭ މަގުމައްޗަަށް ވެއްޓިފައި އޮއްވާ އިއްޔެ ފެނުނު މީހާ މަރުވެއްޖެއެވެ.

Ads by Allied

ފުލުހުން ދެންމެ ބުނީ އެމީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް 2026 އޭޕްރީލް 6 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ. އެއީ އިންޑިޔާއަށް ނިސްބަތްވާ ފިރިހެނެކެވެ.

އެމީހާ ފެނުނު އިރު އޮތީ އަނގައިން ލޭފައިބާފައެވެ.  އެ ހާދިސާ ހިނގި ގޮތެއް ސާފެއް ނުވެއެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން އެމީހާ ނިޔާވުމުގައި އެހެންމީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance