ޚަބަރު

ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު މީހަކު ހާލު ދެރަވެ މަރުވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު މީހަކު ހާލު ދެރަވެގެން މަރުވެއްޖެއެވެ.

Ads by Allied

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެ މީހާ ގެއްލިގެން، 2026 އޭޕްރީލް 8 ވަނަ ދުވަހުގެ ހެނދުނު 06:30 އެހައިކަންހާއިރު ފުލުހުންނަށް ކޮށްފައިވާ ރިޕޯޓާ ގުޅިގެން، ވިލިމާލެ ޕޮލިސް އާއި މެރިން ޕޮލިސް ގުޅިގެން ކުރި މަސައްކަތުން އެ މީހާ ފެނިފައި ވަނީ ހެނދުނު 06:55 އެހައިކަންހާއިރު މޫދު އަޑީގައި އޮއްވައެވެ. އެ މީހާ ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ވަނީ ނިޔާވެފައެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance