ޚަބަރު

މަހިބަދޫގައި ލޯންޗުތަކުގައި ރޯކޮށްލީ ގަސްތުގައި: ފުލުހުން

ދެން އެމްވީ ، ދެން އޮންލައިން

އދ. މަހިބަދޫގައި ލޯންޗުތަކުގައި ރޯކޮށްލީ ގަސްތުގައި ކަމަށް ފުލުހުން ބުނެފިއެވެ.

Ads by STELCO

ރޭ ފަތިހު މަހިބަދޫގައި ހިނގި މި އަލިފާނުގައި ފަސް ލޯންޗެއްގައި އަލިފާން ރޯވެފައި ވެއެވެ. އޭގެ ތެރޭގައި ސީ އެމްބިއުލާންސް އާއި ޕޮލިހާއި އަތޮޅު ކައުންސިލްގެ ލޯންޗެއް ވެސް ހިމެނެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މަހިބަދޫ ބަނދަރުގައި އޮތް 5 ލޯންޗަކާއި 2 ޑިންގީގައި އަލިފާން ރޯވި ހާދިސާގައި ގަސްތުގައި ކޮށްފައިވާ ކަމެއްކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އެ ކަމަކީ ސަރުކާރާއި ރައްޔިތުންގެ މުދަލަށް ގަސްތުގައި ގެއްލުން ދިނުމުގެ އަމަލެއް ކަން ސީޕީ ހަމީދު ފާހަގަކުރެއްވި އެވެ. އަދި އެއީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ބެލުމުގެ ފުރުސަތު އޮތް ކަން ވެސް ސީޕީ ހަމީދު ފާހަގަކުރެއްވި އެވެ.

ލޯންޗުތަކުގައި ރޯކޮށްލުމުގެ ތަހުގީގަށް ފުލުހުންގެ ސެންޓްރަލް ހެޑް ކުއާޓާރ އިން ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހާއްސަ ޓީމެއް މަހިބަދުއަށް ގޮސްފައިވާ ކަމަށް ސީޕީ ވިދާޅުވިި އެވެ. އަދި އެ މައްސަލައިގެ އިތުރު ތަފްސީލް ހާމަކުރާނީ ތަހުގީގު ނިމުމުން ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!