ޚަބަރު

ސަރުކާރުގެ ތަރުޖަމާނަކަށް މުންދު އައްޔަނުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްބެސެޑާ އެޓް ލާޖް، މުހައްމަދު ޝަރީފް (މުންދު)/ ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ތަރުޖަމާނަކަށް މުހައްމަދު ހުސެއިން ޝަރީފު (މުންދު)އައްޔަނުކޮށްފި އެވެ.

Ads by Allied

ސަރުކާރުގެ ތަރުޖަމާނުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހީނާ ވަލީދު ހެރިޓޭޖް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެއްވުމާ ގުޅިގެން ނެވެ.

ރައީސް އޮފީހުން ބުނީ މިނިސްޓަރުގެ ފެންވަރުގައި އެ މަގާމަށް މިއަދު ރައީސް ޑރ،. މުހައްމަދު މުއިއްޒު، މ. ކޮތަންމާގެ، މުހައްމަދު ހުސައިން ޝަރީފް އައްޔަނުކުރައްވާފައިވާ ކަމަށެވެ.

މީގެ ކުރިން މުންދު ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި ބޭރުގެ އެކިއެކި ގައުމުތަކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުތައް އެކި ދުވަސްވަރު ފުރުއްވާފައެވެ. އޭގެ އިތުރުން  ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްމަންކަން 2005 ން 2007 ށް އަދި ޕްރެޒިޑެންޝަލް ސްޕޯކްސްޕަރސަންކަމުގެ މަގާމު 2007 ން 2008 ށް ފުރުއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައިވެސް މުންދު މުހިންމު ދައުރެއް އަދާކުރައްވާފައި ވެއެވެ.

މުންދު އެންމެ ހުންނެވީ ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގަ އެވެ.

Ads by Allied Insurance