ޚަބަރު

12 އަހަރުކުރިން ޕޮލިސް އިންސްޕެކްޓަރުގެ މަގާމުން ވަކިކުރި ޝިޔާމްއަށް ވަޒީފާ އަލުން ދޭން ހުކުމްކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޝިޔާމް

ފުލުހުންގެ އިންސްޕެކްޓާ އޮފް ޕޮލިސް މަގާމުގައި ހުންނަވަނިކޮށް މީގެ 12އަހަރުކުރިން އެ މަގާމުން ވަކުކުރި އަހުމަދު ޝިޔާމަށް އަލުން ވަޒީފާދޭން ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

Ads by Allied

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް ޝިޔާމް މަގާމުން ވަކިކުރީ 2014ވަނަ އަހަރުއެވެ. މަގާމުން ވަކިކުރި މައްސަލަ ޝިޔާމްްްއަށް ސިވިލް ކޯޓުން ކާމިޔާުބު ނުވުމުން އޭނާ ފަހުން އެ މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ.

ނަމަވެސް ހައި ކޯޓުން އެ މައްސަލަ އަލުން ބަލައި މިއަދު ހުކުމް އިއްވީ ޝިޔާމްއާ އެއްކޮޅަށެވެ.

އެގޮތުން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ޝިޔާމް ވަކިކުރަން ނިންމީ ކޮން ހެއްކަކަށް ކަމެއް ސާފުކޮށް ދެވިފައިނުވާ ކަމަށް ހައި ކޯޓުން ކުރި ހުކުމުގަކ ބުނެފައިވެއެވެ.

އެހެންވެ ޝިޔާމްއަށް އަނބުރާ ވަޒީފާ ދިނުމާއެކު ވަޒީފާ އަނބުރާ އިއާދަކުރުމާ ހަމައަަށް ލިބެން ޖެހޭ މުސާރައާއި އިނާޔަތްތައް ޝިޔާމްއަށް ދިނުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

Ads by Allied Insurance