ޚަބަރު

މާލޭގައި ގެއިން ނިކުތުމުގެ ކުރިން ރަޖިސްޓްރީ ވާންޖެހޭ: ފުލުހުން

ދެން އެމްވީ ، ދެން އޮންލައިން

މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ކޮންމެހެން ގެއިން ނިކުންނަން ޖެހިއްޖެނަމަ ގެއިން ނިިކުތުމުގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by Sosun Fihaara

ރެޖިސްޓްރީ ވާން ގުޅަން ޖެހޭނީ ފުލުހުންގެ ނަމްބަރު 3034444 އަށް ކަމަށާއި ވެހިކަލްތަކާއި ޑެލިވަރީ ޚިދުމަތް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން އީމެއިލް ކުރަން ޖެހޭނީ [email protected] އަށް ކަމަށް ފުލުހުން ބުނެއެވެ.

މާލެ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައިވާއިރު ކޮންމެހެން ގެއިން ނިކުންނަން ޖެހިގެން ފުލުހުންގެ ހުއްދަ ހޯދައިގެން ނޫން ގޮތަކަށް ގެއިން ނިކުތުން ވަނީ މަނާކޮށްފައެވެ.

މަގުމައްޗަށް މީހުންނާ ސުވާލުކޮށް ދާ ތަނާއި ބޭނުން އޮޅުންފިލުވާނެ ކަމަށާއި ފުލުހުންނަށް އެންގުމެއް ނެތި ނުކުމެ އުޅޭ މީހުން 1000ރ. އިން ޖޫރިމަނާކޮށް ނުވަތަ ކަރަންޓީން ފެސިލިޓީއަކަށް ގެންދަން ޖެހިއްޖިއްޔާ އެކަން ވެސް ކުރާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މިފަހަރު ފިޔަވަޅު އެޅުން ވަރަށް ހަރުކަށިވާނެ ކަމަށެވެ.

މާލެ އިން ކޮވިޑް-19 ޖެހިފައި ހުރި މީހަކު ފެނުމުން މިހާރު ކުރިއަށްދަނީ ކޮންޓެކްޓް ޓްރޭސިން މަސައްކަތްތަކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!