Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ކުޅިވަރު

މާލެއިން ދެވަނަ މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ

މާލެއިން ދެވަނަ މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން މިރޭ ބުނީ މި މީހާއަކީ މިއަދު ހެނދުނު މާލެއިން ފައްސިވި މީހާއާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ މީހެއް ކަމަށެވެ. އެމީހާ މިހާރު އައިސޮލޭޝަން ފެސިލިޓީ އަށް ބަދަލުކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިއީ މާލެއިން ކޮވިޑަށް ފައްސިވި ދެވަނަ މީހާއެވެ. އަދި މިއީ ރާއްޖެއިން ކޮވިޑަށް ފައްސިވި ހަތްވަނަ ދިވެހި މީހާއެވެ. މިއާއެކު ރާއްޖެއިން 22 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

Advertisement
Ooredoo — Square (box)

މާލެއިން މިއަދު ފައްސިވި މީހާއަކީ މިފަހުން ރާއްޖެ އަށް ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށާއި އަދި މީގެކުރިން ރާއްޖެ އަށް ޕޮޒިޓިވްވި މީހަކާ ވެސް އެމީހާ ކޮންޓެކްޓް ވެފައި ނުވާ ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފައެވެ.

މާލެއިން ފުރަތަމަ މީހާ ފައްސިވުމާ ގުޅިގެން މާލެ މިހާރު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ. އަދި މާލެ ސަރަހައްދަށް މިހާރު ވަނީ ރެޑް އެލާޓް ވެސް ނެރެފައެވެ. ރެޑް އެލާޓަށް މާލެ ގެނެސްފައިވަނީ ޓްރެވެލް ހިސްޓްރީއެއް ނެތި މީހުންގެ މެދުގައި ބަލި ފެތުރުމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް