ޚަބަރު

މާލެއިން ކޮވިޑް ޖެހުނު މީހާއާ ކޮންޓެކްޓްވި ކޮވިޑްއަށް ޝައްކު ކުރެވޭ 14 މީހަކު އައިސޮލޭޓްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މާލެއިން ކޮވިޑް ޖެހުނު މީހާއާ ކޮންޓެކްޓްވި ކޮވިޑްއަށް ޝައްކު ކުރެވޭ 14 މީހަކު އައިސޮލޭޓްކޮށްފިއެވެ.

Ads by Sosun Fihaara

އެޗްޕިއޭއިން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ 14 މީހަކު ހުޅުލޭގައި ހުންނަ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސްފައިވާ ކަމަށާއި މި 14 މީހުންނަކީވެސް މިއަދު ކޮވިޑްއަށް ޕޮޒިޓިވްވި ފަރާތާ ކޮންޓެކްޓްވެފައިވާ ފަރާތްތައް ކަމަށެވެ.

އޗްޕީއޭ އިން ހާމަކޮށްފައިވާގޮތުގައި މާލޭއިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި 11 މީހެއްގެ ސާންޕަލް ޓެސްޓް ކުރެވިފައިވާ ކަމަށާއި އޭގެ ތެެރެއިން 10 މީހަކު މިބައްޔަށް ނެގަޓިވެފައިވާ ކަމަށެވެ. ޓެސްޓް ކުރި މީހުންގެ ތެރެއިން ބައްޔަށް ޕޮޒިޓިވްވެފައިވަނީ ކޮވިޑް ޖެހުނު އަންހެން މީހާގެ 2 އަހަރުގެ ދަރިފުޅެވެ. ބައްޔަށް ނައްސިވި މީހުންގެ ތެރޭގައި ބަލި ޖެނުނު މީހާގެ ފިރިމީހާ ހިމެނެއެވެ.

މާލެތެރޭން މިއަދު އަލަށް ކޮވިޑަށް ފައްސިވި އަންހެން މީހާއަކީ މި ފަހުގެ ތާރީހެއްގައި ރާއްޖޭން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އޭނާއަށް ކޮވިޑް ޖެހުނީ ކިހިނެއްކަން ދެނެގަތުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ.

މާލެ ތެރޭން ކޮވިޑް ފެނުމުން މި ބަލީ މުޖުތަމައު ތެރެޔަށް ފެތުރިފައިވާ ކަމަށް ނުވަތަ ކޮމިޔުނިޓީ ސްޕްރެޑަކަށް ވެފައިވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. މާލެއިން ފުރަތަމަ މީހާ ފައްސިވުމާ ގުޅިގެން މާލެ މިހާރު އޮތީ 24 ގަޑިއިރުގެ ލޮކްޑައުންގެ ހާލަތުގައެވެ.

އަދި މާލެ ސަރަހައްދަށް މިހާރު ވަނީ ރެޑް އެލާޓް ވެސް ނެރެފައެވެ. ރެޑް އެލާޓަށް މާލެ ގެނެސްފައިވަނީ ޓްރެވެލް ހިސްޓްރީއެއް ނެތި މީހުންގެ މެދުގައި ބަލި ފެތުރުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!