ހަގީގީ ހާދިސާ ދުނިޔެ

އެ ދަރިފުޅު މަރުވީ އެދަރިފުޅުގެ މަންމަ އަތުން، އަދި އެދަރިފުޅުގެ އުފަންދުވަހު

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

މައިވަންތަކަމުގެ ލޯތްބަކީ ދުލުން ބަޔާންކުރެވޭ ވަރަށް ވުރެ މާ ބޮޑު ލޯތްބެކެވެ. މާތް ލޯތްބެކެވެ. އެންމެ ކުޑަމިނުން މަންމައިން ދަރިން ހޯދަނީ އެދަރިން ނުހަނު ލޯބިން ބެލުމަށް އަމިއްލަ ނަފުސަށް  އެތައް ވަޢުދުތަކެއް ވަމުންނެވެ. އެ ދަރިންނަކީ މާތް ﷲ ގެ އަމާނާތެއްކަން އެނގޭ ޙާލުއެވެ. އެހެން ނަމަވެސް ހުރިހާ މައިންނަކީ އެއްފަދަ މައިންނެއް ނޫނެވެ.

Ads by STELCO
Ads by WAMCO

ދަރިންނާ މެދު އިހާނެތިކޮށް ކަންތައްކުރާ މައިންވެސް މަދުން ނަމަވެސް އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމަޢުގައި އެބައުޅެއެވެ. އެގޮތުން މި ހާދިސާއަކީ އިނގިރޭސި ވިލާތުގައި ދިރިއުޅެމުން އަންނަ މަންމައެއްގެ އަތުން އެމަންމަގެ ލޯބިވާ ދަރިފުޅު އެ ދަރިފުޅުގެ އުފަންދުވަހު މަރުވި ހާދިސާއެކެވެ.

ނުހަނު ލޯބިން އުފަންދުވަހަށް ތައްޔާރު ވުމުގެ ގޮތުން އެދަރިފުޅު ދިޔައީ މަންމައާއިއެކު ބާޒާރު ކޮށްލުމަށެވެ. އެއްވެސް ޙާލެއްގައި މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގާފާނެ ކަމުގެ ކުޑަނަމަވެސް ހިލަމެއް ނުވާ ޙާލުއެވެ. މަންމަ އާއިއެކު އުފަންދުވަސް ފާހަގަ ކުރުމަށް ސާމާނު ގަންނަން ދިޔަ ވަގުތު ޕާޓީއަށް ގެންނާނެ މީހުންނާއި ބޭނުންވާ ހަދިޔާތައް އެދަރިފުޅުގެ މަންމައަށް ވަނީ ކިޔައިދީފައެވެ.

އެދަރިފުޅު ހިތް ފުރެންދެން ސާމާނު ގަތުމަށް ފަހު ކާރަށް އަރައިގެން އެދަރިފުޅުގެ މަންމަ ، އެދަރިފުޅު ގާތަށް ދާން މަސައްކަތް ކުރިއެވެ. ޕާކިންގ ޒޯން އޮތް ކާރު ނެރުމުގެ ތެރޭގައި އުމުރުން 6 އަހަރުގެ ދަރިފުޅު އެ ކާރުގެ ފުރޮޅު ދަށުވީއެވެ. އުމުރުން 6 އަހަރު ވީ އުފަންދުވަސް ފާހަގަކުރުމަށް ކުރި ދަތުރު ވީ ޙަޔާތުގެ އެންމެ ފަހު ދަތުރަށެވެ. އެ ދަރިފުޅުގެ މަންމަގެ ހިތަށް ކުރާނެ އަސަރު ނިކަން ވިސްނާލަބަލާށެވެ.

ކިތަންމެ ހިތުގައި ޖެހުނަސް އަދި ކިތަންމެ ވަރަކަށް ރުއި ކަމުގައިވީނަމަވެސް ވީ ކަމެއް ދެން ބަދަލެއް ނުކުރެވޭނެތާއެވެ. ޕާޓީއަށް ތައްޔާރު ކުރަން ތިބި އެ ކުއްޖާގެ އާއިލާ އެހެން މީހުން ތިބީ އެކަން ގަބޫލު ކުރަން ދަތިވެފައެވެ. ކުރާނީ ވެސް ކީއްހެއްޔެވެ؟ ނޭނގިނަމަވެސް އެ ދަރިފުޅު އެ މަރުވީ އެ ދަރިފުޅުގެ މަންމަ އަތުންނެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

ނިކަމެތި އިންސާނުންނޭވެ. ނިކަން ވިސްނާ މިކަމުން ވެސް ޢިބުރަތެއް ޙާސިލު ކުރާށެވެ. ތަނަކަށް ދިޔަސް ރައްކާތެރިކަމަށް ސަމާލުވާށެވެ. އެހާ ކުޑަ ކުދިން ގޮވައިގެން ބޭރަށް ދިޔަ ނަމަވެސް އެކުދިންގެ ރައްކާތެރިކަމަށް ފުރިހަމައަށް ސަމާލުކަން ދޭށެވެ. ނޫނީ މިފަދަ ހިތާމަވެރި ހާދިސާ އެއް ކުރިމަތި ވެދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!