ޚަބަރު

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހުން ހައްޔަރުކޮށްފިއެވެ.

Ads by Allied

އެ މައްސަލައިގައި ހައްޔަރުކުރީ ގއ. ވިލިނގިލި / އެދުރުގެ، މުހައްމަދު ފައުޒާން (35އ) އާއި ޒާކިރު ހޮސައިން، ބަންގްލަދޭޝް (29އ)އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްުޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންއެއްގެ ތެރެއިން ކަމަށެވެ.

އެ  މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޒާކިރު ހޮސައިން 15 ދުވަހަށް އަދި ފައުޒާން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

Ads by Allied Insurance