މުނިފޫހިފިލުވުން

މަނީ ހައިސްޓްގެ ޕްރޮފެސަރއަށް ވާން އަޔޫޝްމާން ވަރަށް ބޭނުން!

ދެން އެމްވީ ، ދެން އޮންލައިން

ދިވެހިންގެ ތެރޭގައި މަޤްބޫލުކަމެއް ހޯދާފައިވާ ސްޕެނިޝް ސީރީޒްްއެއް ކަމަށްވާ "މަނީ ހައިސްޓް" ގެ މެއިން އެކްޓަރ ކަމުގައިވާ ޕްރޮފެސަރގެ ރޯލު ކުޅެން ބޮލީވުޑްގެ ތަރި އަޔޫޝްމާން ކުރާނާ ބޭނުންވާ ކަމަށް އޭނާ ބުނެފިއެވެ.

Ads by STELCO

މީގެ ކުރިން މަނީ ހައިސްޓްގެ ތީމް ސޯންގް "ބެއްލާ ޗާއޮ" ޕިޔާނޯއިން ކުޅޭ މަންޒަރު އިންސްޓަގްރާމްގައި އޭނާގެ ފޭނުންނާއެކު ހިއްސާ ކުރަމުން އޭނާ ބުނެފައިވަނީ، ޕްރޮފެސަރ ގޮތަށް އައިނެއް އަޅައިގެން މިލަވަ މިކުޅެނީ މި ރޯލް ކުޅެން އޭނާ ހިތްވެފައިލެއް ބޮޑު ކަމުން ކަމަށެވެ. އަދި އޭނާ މަނީ ހައިސްޓްގެ ޝޫޓިން ކުރިޔަށްދާ ތަނަށް ދާން ބޭނުންވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

މި ޕޯސްޓަށް ބޮލީވުޑްގެ ގިނަ ފަންނާނުންވަނީ ކޮމެންޓްކޮށްފައެވެ. މިގޮތުން ބޮބީ ޝާހްވަނީ ފިލްމުގައި އޭނާ ބައިވެރި ކުރުމަށް އެދިފައެވެ. އަދި ޖޮނިތަރ އޭނާ ވާން ބޭނުންވަނި ނައިރޯބީއަށްވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!