ޚަބަރު

އެލައިޑް ހުޅުމާލެ ރަން 2026 ކާމިޔާބުކަމާއެކު ނިންމާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެލީޓް ރަނާސް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި "އެލައިޑް ހުޅުމާލެ ރަން 2026" ގިނަ ބައެއްގެ ބައިވެރިވުމާއެކު މިއަދު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި ދުވުމަކީ ދުޅަހެޔޮ ދިރިއުޅުމަކާއި، ދުވުންތެރިންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަގުސަދުގައި ބޭއްވުނު ފޯރިގަދަ ހަރަކާތެކެވެ.

Ads by Allied

ހުޅުމާލޭގައި ކުރިއަށްދިޔަ މި ދުވުމުގައި ތަފާތު އުމުރުފުރާތަކަށާއި އެކި ފެންވަރުގެ ދުވުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ހަތަރު ކެޓަގަރީއެއް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • 1 މޭލުގެ ފެމިލީ ރަން

  • 5 ކިލޯމީޓަރުގެ ދުވުން

  • 10 ކިލޯމީޓަރުގެ ދުވުން

  • 21.1 ކިލޯމީޓަރުގެ ހާފް މެރަތަން

މި ދުވުމުގައި ބައިވެރިވި ހުރިހާ ދުވުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުން، އެލައިޑް އިންޝުއަރަންސްގެ ފަރާތުން ވަނީ ހިލޭ "ގްރޫޕް ޕާސަނަލް އެކްސިޑެންޓް ކަވަރ" އެއް ފޯރުކޮށްދީފައެވެ. މީގެ ދަށުން ދުވުމުގެ ތެރޭގައި ދިމާވާ އެކްސިޑެންޓްތަކަށް -/100,000 ރުފިޔާއާ ހަމައަށް އިންޝުއަރަންސް ކަވަރޭޖް ދީފައިވެއެވެ.

މި ދުވުމުގެ ވާދަވެރި ކެޓަގަރީތަކުން ވަނަވަނައަށް ދިޔަ ދުވުންތެރިންނަށް ވަނީ ހާއްސަ އިނާމުތަކެއް ހަވާލުކޮށްފައެވެ. ވަނަތައް ހާސިލްކުރި ފަރާތްތަކަކީ:

21.1 ކިލޯމީޓަރުގެ ހާފް މެރަތަން

  • ފިރިހެން: 1 ވަނަ: މުހައްމަދު ޝިފާޒް، 2 ވަނަ: ޔޫސުފް އިބްރާހިމް، 3 ވަނަ: ތިތިވަތު ކޫސަކުލް

  • އަންހެން: 1 ވަނަ: ޕެޗަރަތު ޗްލާޑްތޯއި، 2 ވަނަ: އައިޝަތު ޖިނާނީ އިބްރާހިމް، 3 ވަނަ: އައިޝަތު ރިޝްމީ

10 ކިލޯމީޓަރުގެ ދުވުން

  • ފިރިހެން: 1 ވަނަ: ހުސައިން ފަޒީލް، 2 ވަނަ: މުހައްމަދު އިރުފާން، 3 ވަނަ: ސަތަޕޯން އައްކަތަމް

  • އަންހެން: 1 ވަނަ: ކަންލަޔާ ސަންކައު، 2 ވަނަ: ކަމޮންވަން ކޮއެޑްނައިމޮންގްހޮން، 3 ވަނަ: އަނާން އަހުމަދު ރަޝީދު

5 ކިލޯމީޓަރުގެ ދުވުން

  • ފިރިހެން: 1 ވަނަ: އާއިޛް އަބްދުﷲ ރިފާއު، 2 ވަނަ: މޫސާ ފަވާޒް، 3 ވަނަ: މުހައްމަދު ފަސީލް

  • އަންހެން: 1 ވަނަ: ކްލާރާ ސަރީނާ އާސިފް، 2 ވަނަ: އައިޝަތު ރިޝްމީ، 3 ވަނަ: ކިއާރާ އަފްރާ ގާސިމް

މި ހަރަކާތް ނިންމާލުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ދުވުމުގެ ބައިވެރިންގެ މެދުގައި ނެގުނު ގުރުއަތުން ހޮވުނު 10 ނަސީބުވެރިއަކަށް، ކޮންމެ މީހަކަށް -/2,000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ.

އެލައިޑް އިންޝުއަރަންސް ކޮމްޕެނީގެ ފަރާތުން ވަނީ މި ދުވުން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އެހީތެރިވި އެލީޓް ރަނާސް މޯލްޑިވްސް، ދުވުންތެރިން، ވޮލަންޓިއަރުން އަދި ސަޕޯޓަރުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ۔

Ads by Allied Insurance