ޚަބަރު

ޔޫއޭއީ އަށް ފޮނުވާ ތަކެތި ބަލައިގަތުން މެދުކަނޑާލައިފި

ދެން އެމްވީ ، ދެން އޮންލައިން

މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ދިރިއުޅޭ ދިވެހިންނަށް ފޮނުވާ ކެއާ ޕެކޭޖުތައް ބަލައިގަތުން މެދުކަނޑާލައިފިއެވެ.

Ads by Sosun Fihaara

ކެއާ ޕެކޭޖްތައް ޔޫއޭއީއަށް ފޮނުވަން ހަމަޖެހިފައިވަނީ މާދަމާ ޔޫއޭއީއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ މޯލްޑިވިއަންގެ ކާގޯ ފްލައިޓެއްގައެވެ. މި ކާގޯ ފްލައިޓު ސަރުކާރުން ހަމަޖައްސާފައިވަނީ، ޔޫއޭއީގައި ތިބި ދިވެހި އާއިލާތަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ އެފަދަ މީހުންނަށް އެހީތެރިވެދިނުމުގެ ގޮތުންކަމަށެވެ.

މި ފްލައިޓުގައި ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަކުން މިއަދު ހެނދުނު 9:00 އިން މެންދުރު 15:00 ތިނެއް ޖަހަންދެން ތަކެތި ބަލައިގަތުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް މާލެ ލޮކްޑައުންކޮށްފައިވާތީ މިތަކެތި ބަލައިގަންނާނެ ދުވަހެއް ފަހުން އިޢުލާންކުރާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކޮވިޑް19 ގެ މިހާލަތާ ގުޅިގެން އެކި ޤައުމުތަށް ލޮކްޑައުންކޮށްފައިވާތީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބޭނުންވާ ޒަރޫރީ ސާމާނު އެފަރާތްތަކަށް ފޯރުވައިދިނުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ބެންކޮކްގައި ތިބި ދިވެހި ޢާއިލާތަކަށް ބޭނުންވާ ތަކެތި ހިފައިގެން މޯލްޑިވިއަންގެ ފްލައިޓެއް މިއަދުވަނީ ބެންކޮކަށްވެސް ފުރާފައެވެ. މި ފްލައިޓްގައި ރާއްޖޭގައި މަސައްކަތް ކުރަން އައިސް އުޅުނު ތައިލެންޑްގެ ރައްޔިތުންނާއި ތައިލެޑްގެ ފަތުރުވެރިން ހިމެނޭގޮތަށް 55 މީހުން ތައިލެންޑަށް ގެންގޮސްފައިވެއެވެ.

މާލެއިން ކޮވިޑް19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. މިހާތަނަށް މާލެއިން ބަލިޖެހިފައިވާ ތިން މީހަކު ވަނީ ފެނިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!