ޑްރަގު އޮޕަރޭޝަނެއް ހިންގައި މާލެ ސަރަހައްދުން ހަތަރު މީހަކު ހައްޔަރުކޮށްފި
މާލެއާއި ހުޅުމާލޭގައި ޑްރަގު އޮޕަރޭޝަނެއް ހިންގައި މާލެ ސަރަހައްދުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ނިިމިގެން ދިޔަ ހަފްތާގައި ހިންގި މަސްތުވާތަކެތީގެ އެ އޮޕަރޭޝަންގައި ހައްޔަރުކުރީ މުތީހައުސް / ތ. ތިމަރަފުށި، އަހުމަދު ޖިނާހު (43އ) އާއި، ސައިމާގެ / ހއ.ހޯރަފުށި، އަހުމަދު ސަޢީދު (28އ) އާއި، ހައުސްޓަން / ގދ. މަޑަވެލި، މުޙައްމަދު އަނޫފް ޢަލީ (27އ) އާއި، އަބުމާގެ / ގދ. ހޯޑެއްދޫ، އަހުމަދު މައީޝް ރަޝީދު (28އ)އެވެ.
ފުލުހުން ބުނީ އެ އެންމެން ވެސް ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓުއަމުރުގެ ދަށުން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖިނާހު އާއި، އަހުމަދު ސައީދު (28އ) 15 ދުވަހަށް ބަންދުކުރުމަށް އަދި އަނޫފް އަލީ އާއި، މައީޝް ރަޝީދު ފަސް ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.