ވިޔަފާރި

ވިޒިޓް މޯލްޑިވްސްގެ ފައިދާ 39 ޕަސެންޓް ދަށަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްއެމްޕީއާރްސީގެ އެމްޑީއަކަށް އައްޔަންކުރި ޝިއުރީ

ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމުގައި ހަރަކާތްތެރިވާ ސަރުކާރުގެ ކުންފުނި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފައިދާ ވަރަށް ބޮޑަށް ދަށަށް ގޮސްފިއެވެ.

Ads by Allied

އޮޑިޓް އޮފީހުން އާންމުކުރި އެ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ޓެކްސްއާއި ހަރަދުތައް ކެނޑުމަށް ފަހު ފައިދާގެ ގޮތުގައި ލިބިފައިވަނީ 16.7 މިލިއަން ރުފިޔާއެވެ. ނަމަވެސް 2024ވަނަ އަހަރު އެ ފައިދާ ހުރީ 27.5 މިލިއަން ރުފިޔާގައެވެ. އެހެންވެ މިއީ 39 ޕަސެންޓްގެ ދަށްވުމެކެވެ.

މިދިޔަ އަހަރު ލިބުނު ފައިދާ ދަށްވި ނަމަވެސް މިދިޔަ އަހަރު ޖުމްލަ އާމްދަނީ 2024ވަނަ އަހަރަށްވުރެ އިތުރެވެ. އެގޮތުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 32.5 މިލިއަން ރުފިޔާ ލިބުނުއިރު 202 ވަނަ އަހަރު އާމްދަނީ ގޮތުގައި ލިބުނީ 22.4 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރު ފައިދާގެ ނިސްބަތް ދަށަށް ދިޔައީ ހަރަދުތައް މާބޮޑަށް މައްޗަށް ދިއުމުންނެވެ. އެގޮތުން މިދިޔަ އަހަރު ސީދާ ހަރަދުތަކުގެ ގޮތުގައި ވިޒިޓް މޯލްޑިވްސްއިން 134 މިލިއަން ރުފިޔާ ހޭދަވި އިރު 2024ވަނަ އަހަރު އެ ހަރަދު ހުރީ 110.7 މިލިއަން ރުފިޔާގައެވެ.

ފާއިތުވި ދެ އަހަރު ވެސް ސަރުކާރުން ވިޒިޓް މޯލްޑިވްސްއަށް ހިލޭ އެހީގެ ގޮތުގައި 154.2 މިލިއަން ރުފިޔާ ދީފައިވެއެވެ.

Ads by Allied Insurance