ޚަބަރު

ގޭގެއިން ކުނި ބާލަންވީ ގަޑިއަކީ މެންދުރު 12:00 އިން 2:00 އަށް

ދެން އެމްވީ ، ދެން އޮންލައިން

މާލެއިން ކޮވިޑް-19 ޖެހިފައިވާ ތިން މީހަކު ފެނުމާއެކު މާލެ ސަރަހައްދުގެ ގޭބީސީތަކުން ނެރޭ ކުނިތައް ގޭގެ ތިރިއަށް ބާލާނެ ގަޑި ވެމްކޯ އިން ހާމަކޮށްފި އެވެ.

Ads by MWSC

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ އޮޕަރޭޝަން މެނޭޖާ ޝާން ވިދާޅުވީ ގޭގެގައި އުކާލާ ކުނި ރަނގަޅަށް ބަންދުކުރުމަށް ފަހު ކޮންމެ ދުވަހެއްގެވެސް މެންދުރު 12:00 އާއި 2:00 ދެމެދު ގޭގޭގެ ތިރިއަށް ބާލާފައި ބެހެއްޓުމަށް އެދޭކަމަށެވެ.

"ރައްކާތެރިކަމާއެކު މިކަން ކުރުމަށް ކޮންމެ ގެއަކުންވެސް ކުނި ކޮތަޅު ރަނގަޅަށް ބަންދު ކުރުމަށްފަހު ތިރީގައި ބެހެއްޓުމަށް ވަރަށް ބޮޑަށް އެދެން. ވީހާވެސް ބޮޑަށް މި ބަލަނީ ގޭގެ ތަޅުގައްޔާއި ދޮރުގައި އަދި ގޭތެރެއަށް ނުވަދެ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވޭތޯ. މި ވަގުތު އަޅުގަނޑުމެންނަށް އެއްބާރުލުންދީ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެޗްޕީއޭއިން ކަރަންޓީން ކޮށްފައިވާ ގެޔެއް ނުވަތަ ފަންގިފިލާއަކު ވިޔަސް އެއްވެސް މީހަކު ކުނި ހިފައިން ތިރިއަށް ނުފޭބުމަށް ޝާން ވަނީ އިލްތިމާސް ކުރައްވާފައެވެ. އޭނާ ވިދާޅުވީ އެ ގެތަކުން ކުނި ނެގުމަށް ކުންފުނީގެ ހާއްސަ ޓީމެއް ތަމްރީނު ކޮށްފައިވާނެ ކަމަށެވެ.

މީގެ އިތުރަށް އޭނާ ވިދާޅުވީ މިހާރު ސޯޝަލް މީޑިއާގައި ބަޔަކު މީހުން ކިޔައި ދޭ ގޮތަށް ކުނިވާޒާތުގެ އެއްޗެހި މިކްސްޗަރަށް އެޅުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށާއި އެގޮތަށް އަމަލު ނުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރައްކާތެރި ނޫން ގޮތަށް ކުނި ނައްތާލުމަށް ހިތަވަރުދޭ ކަންކަން އެއްވެސް ޕްލެޓްފޯމެއްގައި ހިއްސާ ނުކުރުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!