މާލޭ ސަރަހައްދުގެ 11 ގެޔެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި
މާލޭ ސަރަހައްދުގެ 11 ގެޔެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ގެތަކުގެ ނަންތައް މިއަދު އާންމުކޮށްފައެވެ.
The following list of households have been placed under monitoring following the contact tracing procedures of case: MAV021
- Hulhumalé Lot 11090
- H. Raikuredhi Aaru
- M. Feeroazge 6 B
- M. Loakashi 3C
- M. Sosun Maage
- H. Fenigelidhaage 7 Floor
- Hulhumalé Flat, 6-2-02,— Health Protection Agency (@HPA_MV) April 16, 2020
މާލެ ސަރަހައްދުގެ 11 ގެއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، އިއްޔެ ފައްސިވި މީހާއާ ސީދާ ގޮތުން ބައްދަލުވި އިތުރު ދެ މީހަކު ވެސް ރޭ ވަނީ ބައްޔަށް ފައްސި ވެފައެވެ. އޭގެތެރޭގައި އެމީހާގެ ދަރިފުޅު ވެސް ހިމެނެއެވެ.
އަދި އެމީހާއާ ކޮންޓެކްޓުވި 14 މީހެއްގެ ކިބައިންގެ ބަލީގެ އަލާމާތްތަކެއް ފެނިގެން ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.
މާލެއިން ކޮވިޑަށް މިހާތަނަށް ތިން މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ އަށަކަށް އަރާފައެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 23 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.
މާލެއިން އިން ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، ސަރުކާރުން މިހާރު ވަނީ މާލެ ސަރަހައްދު 24 ގަޑިއިރުގެ މުއްދަތަށް ލޮކްޑައުންގެ ހާލަތަށް ގެނެސްފައެވެ.
މާލެއިން އިއްޔެ މީހަކު ޕޮޒިޓިވްވިއިރު އެމީހާއާ ސީދާ ގޮތުން ބައްދަލުވި އިތުރު ދެ މީހަކު ވެސް ރޭ ވަނީ ބައްޔަށް ފައްސި ވެފައެވެ. އޭގެތެރޭގައި އެމީހާގެ ދަރިފުޅު ވެސް ހިމެނެއެވެ.
އަދި އެމީހާއާ ކޮންޓެކްޓުވި 14 މީހެއްގެ ކިބައިންގެ ބަލީގެ އަލާމާތްތަކެއް ފެނިގެން ހުޅުލޭ އައިސޮލޭޝަން ފެސިލިޓީއަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.
މާލެއިން ކޮވިޑަށް މިހާތަނަށް ތިން މީހަކު ފައްސި ވެފައިވާއިރު، ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ އަށަކަށް އަރާފައެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ފައްސި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 23 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.