ޚަބަރު

މި ހާލަތުގައި އިގްތިސާދު ކޮށް ކެއުމުގައި ވަކި އުސޫލުތަކެއް ގެންގުޅެން ޖެހޭ." - މޭޔަރ

ދެން އެމްވީ ، ދެން އޮންލައިން

ލޮކްޑައުން ގެ މި ހާލަތު ގައި އިގްތިސާދު ކުރަން ދަސްކުރަން ޖެހޭ ކަމަށާއި ކެއުމުގައި ވެސް ވަކި އުސޫލުތަކެއް ގެންގުޅެން ޖެހޭ ކަމަށް މާލޭ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މޭޔަރ ޝިފާ މިހެން ވިދާޅުވެފައިވަނީ މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން ދޭން ޖެހޭ މައުލޫމާތު ދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މޭޔަރ އިތުރަށް ވިދާޅުވިގޮތުގައި ބައެއް ފަރާތްތަކުން ދަންވަރު ގަޑީގައި ވެސް ބައެއް ކަހަލަ ކާތަކެއްޗާއި ޕެކެޓު ހޯދުމަށް ގުޅާފައި ވާ ކަމުގެ ރިޕޯޓުތައް ނަމަވެސް ޑެލިވެރީ ކޮށްދެވޭނެ އެންމެ ފަހު ގަޑިއަކީ ދަންވަރު 12 ކަމަށެވެ. އެހެން ކަމުން މި ދުވަސްކޮޅު ކެއުން ވަކި ވަގުތު ތަކަަކަށް ކަނޑައަޅައި އުސޫލުތަކެއް ގެންގުޅުން މުހިންމު ކަމުގައި ފާހަގަކުރައްވާފައިވެއެވެ.

މާލެ ސިޓީގައި އިއްޔެއާއި މިއަދު ލޮކްޑައުން ކުރުމާއި ގުޅިގެން، ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ތިބީ، ސަރުކާރުން ދިން އިރުޝާދު ތަކާއި އެއްގޮތަށް ބަސް އަހައިގެން ކަމުގައި ވެސް މޭޔަރު ވަނީ ފާހަގަކޮށްފައެވެ.

މާލެއިން 3 މީހަކު ވައިރަހަށް ޕޮސިޓިވްވެ މާލެ ސަރަހއްދުގައި ވަނީ އިއްޔެއިން ފެށިގެން ލޮކްޑައުން ގެ ހާލަތު އިއުލާނު ކޮށްފައެވެ. ލޮކްޑައުން ގެ ހާލަތު ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުމާއި އެވަގުތުތަކުގައި މީހުން މަގުތަކަށް ނިކުމެ އުޅުމަކީ މުޅިން މަނާކަމެކެވެ.

މާލެއިން ކޮވިޑަށް މިހާތަނަށް ތިން މީހަކު ފައްސި ވެފައިވާއިރު، ރާއްޖޭގައި މި ބަލި ޖެހުނު ދިވެހިންގެ އަދަދު ވަނީ އަށަކަށް އަރާފައެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ފައްސި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 23 އަށް އަރާފައެވެ. މީގެތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!