ޚަބަރު

ހަކުރުބަލި ހުންނަ މީހުން ކޮވިޑް19 އަށް އިތުރަށް ސަމާލު ވާން ޖެހޭ - ދިރާސާ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އިން ހަކުރު ބަލި ހުންނަ މީހުނަށް ނުރައްކާ ބޮޑު ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ. ވުހާން ގެ ޝީ ލިއު ޔުނިވާސިޓީ އިން މިކުރި ދިރާސާގައި ވާ ގޮތުން ކޮވިޑް19 އިން ހަކުރު ބަލި ހުންނަ މީހުން ހަށިގަނޑަށް ވަރަށް ބޮޑު އަސަރެއް ކުރުވައެވެ.

އެގޮތުން ކޮވިޑް19 ހަށިގަނޑަށް ޖެހޭ ހިސާބުން ހަށިގަނޑުގެ ގުލުކޯޒް މެޓަބޮލިޒަމް އިތުރުކޮށްލައެވެ. މީގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބައިވަރު ސެލްތައް އެއްފަހަރާ އުފެދި ' ސައިޓޮކައިން ސްޓޯމް' ނަމަަކަށް ކިޔާ ސްޕައިކެއް ހަށިގަނޑުގައި އުފެދެއެވެ.

ދިރާސާވެރިން ބުނާ ގޮތުގައި ހަށިގަނޑުގައި އުފެދޭ މި ސްޕައިކް އާންމުކޮށް އުފެދެނީ ފުއްޕާމޭގައެވެ. އަދި މީގެ ސަބަބުން ހަކުރު ބަލި ހުންނަ މީހުން މަރުވުން ވެސް އެކަށީގެންވާ ކަމަށް ބައެއް ރިޕޯޓުތަކުގައި ވެއެވެ.

ސައިޓޯކައިން އަކީ އާންމުކޮށް ރޯގާއެއް ނުވަތަ އާދައިގެ ހުމެއް ޖެހުމުން ހަށިގަނޑުން އުފައްދާ ދިފާއީ ސެލްތަކެކެވެ. ނަމަވެސް ކޮވިޑް19 ޖެހުމުން މި ސެލް ތަކުގެ އުފެދުން މާ ބޮޑަށް ގިނަވެ އެކަމުގެ ނޭދެވޭ އަސަރު ހަށިގަނޑަށް ކުރެއެވެ.

ދިރާސާކުރި ފަރާތްތަކުން ވަނީ މީދާ ބޭނުން ކޮށްގެންވެސް މިކަން ދިރާސާކޮށްފައެވެ.

މީގެ ކުރިން ކުރި ދިރާސާއަކުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުނަށް ވައިރަހުގެ ނުރައްކާ ބޮޑުކަމަށް ވެސް ދައްކާފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!