މާލެއާއި ހަތަރު ރަށަކުން 22 ގެއެއް ލޮކްޑައުންގައި
މާލެއިން ތިން މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން މިހާރު މާލެ، ހުޅޫމާލެ އަދި ހަތަރު ރަށަކުން 22 ގެއެއް ލޮކްޑައުންކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.
އިއްޔެ މާލެއިން ވަނީ ފުރަތަމަ ފަހަރަށް މީހަކު ކޮވިޑް-19އަށް ފައްސިވެފައެވެ. އޭނާއާ ކޮންޓެކްޓުވި އިތުރު ދެ މީހަކަށްވެސް ވަނީ ބަލިޖެހިފައެވެ. އެންމެ ފުރަތަމަ ފައްސިވި މީހާއާ ކޮންޓެކްޓުވި 207 މީހަކު މިހާރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ދެނެގަނެފައެވެ.
އެޗްޕީއޭއިން މިއަދު ބުނީ ގޮތުގައި ކޮންޓެކްޓް ޓްރޭސިން ހެދުމަށް މީހުން ވަނުމާއި ނުކުތުން މިވަގުތު 22 ގެއަކަށް މަނާކޮށްފައިވާ ކަމަށެވެ. އެއީ ހުޅުމާލެ ލޮޓް 11090 އާއި ހ. ރަތްކުރެދި އާރު އާއި މ. ފީރޯޒުގެ 6ބީ އާއި މ. ލޯކަށި 3ސީ އާއި މ. ސޯސަންމާގެ އާއި ހ. ފެނިގެއްލިދާގެ ހަތްވަނަ ފްލޯ އާއި ހުޅުމާލެ ފްލެޓް 02-2-6 އާއި އަމީން އެވެނިއު ޓީކް 905 އާއި މ. ނާގޫޝުވިލާ ދެވަނަ ފްލޯ އާއި ހުޅުމާލެ ލޮޓް ނަންބަރު 11296 އާއި މއ. އޯކިޑް އެވެ.
މީގެ އިތުރުން މ. މަދޮށި ދެވަނަ ފްލޯ އާއި ގ. ވޯކްހައުސް އާއި ހުޅުމާލެ 10035 ގެ ދެވަނަ ފްލޯ އާއި ހުޅުމާލެ ފްލްޓް 97-302 އާއި ހުޅުމާލެ ފްލްޓް 1-2-06 އާއި މ. ކުދެހިގަސްދޮށުގެ ހަތްވަނަ ފްލޯގެ އެޕާޓްމަންޓް ބީ އެވެ.
ދެން ހިމެނެނީ ކ. ކާށިދޫ ދުވެލިގެ އާއި ހއ. ވަށަފަރު ނައިދުރުގޭ އާއި ތ. މަޑިފުށި ސްނޯލައިޓް އާއި ސ. ހިތަދޫ ނޫމަސްވާދީގެ އެވެ.
އިއްޔެ މާލެއިން އެންމެ ފުރަތަމަ ފެނުނު ކޭސްއާ ގުޅިގެން މިވަގުތު ކ. ކާށިދޫވެސް އޮތީ ލޮކްޑައުންގެ ހާލަތުގައެވެ.