ގދ. ތިނަދޫން އިތުރު 2 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ
 
                                                    ގދ. ތިނަދޫން 2 މީހުން ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ތިނަދޫ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި، ހޯމް ކަރަންޓީންގައި ހުރި ދެ މީހަކު ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު ނެގި ސާމްޕްލް ފައްސިވެފައިވާ ކަމަށެވެ.
މި ދެމީހުން ފައްސިވުމާއެކު ތިނަދޫގައި މިހާރު ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ އަދަދު ވަނީ 3 އަށް އަރާފައެވެ.
 
 Ads by Allied Insurance
 
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
