އަލީ ޒާހިރު މި ވާހަކަތައް ދޮގުކޮށްފައިވާއިރު، މާލެ އިން މިހާރު ވަނީ ތިން މީހަކު ކޮވިޑަށް ފައްސި ވެފައެވެ. އޭގެތެރޭގައި ހިމެނެނީ ދެ އަންހެނުންނާއި ކުޑަ ކުއްޖެކެވެ. އަދި މީހުންނާ ކޮންޓެކްޓުވި މީހުން ހޯދެން ދެން މާލެ މިވަގުތު އޮތީ 24 ގަޑިއިިރުގެ ލޮކްޑައުންގެ ހާލަތުގައެވެ.
މާލެ ތެރެއަށް ސަރުކާރުގެ މަތީ މީހުންގެ އާއިލާތައް ދޫކޮށްލިއޭ ބުނެ ފަތުރަނީ ދޮގެއް
ކޮވިޑް-19 ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން މާލޭގެ ބޮޑުންނާއި ސަރުކާރުގެ މަތީ މީހުންގެ އާއިލާތަށް މާލެ ތެރެއަށް ދޫކޮށްލި ކަމަށް ބުނެ ފަތުރަނީ ދޮގެއް ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
އަލީ ޒާހިރު މިހެން މި ވިދާޅުވީ ރާއްޖޭން ބޭރުން އައި މީހުންގެ ތެރެއިން ސަރުކާރުގެ އިސް ބޭފުޅުންގެ އާއިލާތައް ހިމެނޭ ކަމަށާއި އެ ފަރާތްތަކުން ކަރަންޓީނު ނުކޮށް ދޫކޮށްލާފައިވާ ކަމަށް ބުނެ މީސް މީޑިއާގައި ބައެއް ފަރާތްތަކުން ބުނަމުންދިއުމާ ގުޅިގެންނެވ.
ޒާހިރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން މާލޭގެ ބޮޑުންނާއި ސަރުކާރުގެ މަތީ މީހުންގެ އާއިލާތައް "މާލެ ތެރެއަށް ދޫކޮށްލިއޭ" ބުނެ ފަތުރަނީ 100 ޕަސެންޓު ދޮގު ވާހަކައެއް ކަމަށެވެ.
"އެންމެ މީހެއްގެ މައުލޫމާތު ދެއްވާ. ހަމަ ޔަގީން އެންމެ މީހެއްގެ މައުލޫމާތު ވެސް ނުދެވޭނެކަން" އަލީ ޒާހިރު ވިދާޅުވިއެވެ.
Covid19 aa gulhigen alhamundha fiyavalhu thakaa gulhigen “Male’ ge boduna sarukaaru mathi meehunge aaila thah” Male’ thereah dhookolliey” bune fathurani 100% dhogu vahaka. Enme meehehge mauloomathu dhevva! Hama yageen emme meeheh ge mauloomaathu ves nudheveyne kan. #stayhome
— Ali Zahir (alipi) (@alixahir) April 16, 2020