Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

"ބިދޭސީން އެތިބީ އަހަރެމެންގެ ޚިދުމަތުގައި، އެމީހުންނަށް ކުޑައިމީސް ބަހެއް ބުނުމުގެ ކުރިން ވިސްނާލާ"

މާލޭގައި އުޅެމުން އަންނަ ބިދޭސީންނާއި މުޚާތަބުކޮށް މީސްމީޑިޔާގައި ބަޔަކު ހަޑިހުތުރު ބަހުން ވާހަކަ ދައްކަމުން އަންނަ މިދަނޑިވަޅުގައި، އަލީ ރަމީޒް އެފަރާތްތަކަށް ނަސޭހަތް ދެއްވައިފިއެވެ.

އިއްޔެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އަލީ ރަމީޒް ބުނެފައިވަނީ، އެމީހުންނާ ދިމާޔަށް ބަހެއް ބުނުމުގެ ކުރިން ވިސްނާލަން ޖެހޭ ކަމަށާއި އެއީވެސް އަހަރެެމެންފަދަ އިންސާނުން ކަމަށެވެ. އަދި ފުރަބަންދުގެ ވަގުތުތަކުގައި ދިވެހިން އަރާމުގައި ގޭގައި ތިބޭއިރު، ކާބޯތަކެއްޗާއި، ބޭނުންވާ އެނޫންވެސް ޒަރޫރީ ތަކެތި ހިފައިގެން ގެތަކާއި ހަމައަށް ގެންގޮސްދީ ޑެލިވަރީކޮށްދޭ ބަޔަކީ ބިދޭސީން ކަމަށާއި، ބިދޭސީންގެ މި އެހީތެރިކަން އެތައް ހާސް ބަޔަކަށް ލިބެމުންދާ ކަމަށްވެސް އަލީ ބުނެފައިވެއެވެ.

މާލެ ލޮކްޑައުންކޮށްފައިވާއިރު، ގިނަ ބިދޭސީންތަކެއް އިއްޔެވަނީ ކާބޯތަކެއްޗަށް އެދި އާދޭސްކޮށްފައެވެ. އާންމު ގޮތެއްގައި ބިދޭސީން ރާއްޖެއަށް ގެންނަ ފަރާތްތަކުން އެމީހުންގެ ކެއިންބުއިމުގެ ކަންކަން ހަމަޖައްސާފައި އޮނަނަނީ ހޮޓާތަކުން ކަމަށްވެފައި، ފުރަބަންދާއެކު ހޮޓާތައް ބަންދު ކުރުމުން ބިދޭސީންނަށް ކާތަކެތި ލިބޭ ގޮތްވަނީ ނުވެފައެވެ. މިއާއެކު ބައެއް ބިދޭސީންވަނީ ކާތަކެތި ހޯދަން މަގު މައްޗަށް ނިކުމެފައެވެ.

Advertisement
Ooredoo — Truecaller (box)

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް