ކުޅިވަރު

ނޫސްވެރިންގެ ބައްދަލުވުންތައް އޮންލައިންކޮށް ބާއްވަން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19ގެ މަޢުލޫމާތު ދިނުމަށް އެންއޯއީސީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް އޮންލައިންކޮށް ބާއްވަން ނިންމައިފިއެވެ.

Ads by Hajj Corporation

ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ހަދާފައިވާ ވަޓްސްއެޕް ގްރޫޕްގައި މަބްރޫކް ވިދާޅުވީ، މިއަދު 2 ޖަހާއިރު އޮންލައިންކޮށް ޕްރެސްޓިސް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި 3:30 ގައި ނޫސްވެރިންގެ ބައްދަލުވުމެއް އޮންލައިންކޮށް އޮންނާނެ ކަމަށެވެ.

މާލެއިން ވައިރަސް އަށް ޕޮޒިޓިވް ކޭސް ފެނުމާއެކު މާލެ ސިޓީ ސަރަހައްދު ވަނީ މިހާރު ކުރިއަށް އޮތް 14 ދުވަހުގެ މުއްދަތަކަށް ލޮކްޑައުންކުުރުމަށް ނިންމާފައެވެ. އެއާއެކު ބޭރަށް ނިކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން އިޖުތިމާއީ ގައިދުރުކަމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރުން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުން އޮންލައިންކުރާ ފަދަ ވާހަކަތަކެއް ވަނީ މީގެކުރީން ދައްކާފައެވެ.

ވައިރަސް އާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ދިނުމުގެ ގޮތުން މީގެކުރީން އައީ ސިލްސިލާކޮށް ދެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަމުންނެވެ. އެއީ މެންދުރު 14:30 އާއި 21:00 ގައެވެ. ނަމަވެސް މާލެ ލޮކްޑައުން އަށް ގެނައުމާ ގުޅިގެން ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ އިތުރުން އެކި މުއައްސަސާތަކާއި ވުޒާރާތަކުން ދަނީ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ނޫސްވެރިންގެ ބައްދަލުވުން ބާއްވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!